މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މިކުންފުނީގެ 2025 ވަނަ އަހަރުގެ 04 ވަނަ ކުއާޓަރގެ މާލީ ހިސާބާއި ރިޕޯޓު، 2025 ވަނަ އަހަރުގެ އަހަރީ މާލީ ހިސާބާއި ރިޕޯޓު އަދި 2026 ވަނަ އަހަރުގެ 01 ވަނަ ކުއާޓަރގެ މާލީ ހިސާބާއި ރިޕޯޓު ޢާންމު ކުރުމާގުޅޭ:

މި ކުންފުނިން 2026 އެޕްރީލް 09 ވަނަ ދުވަހު ޢާންމުކޮށްފައިވާ ނަންބަރު  MTCC-CSD/IU/2026/0245 އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. 

މި ކުންފުނީގެ 2025 ވަނަ އަހަރުގެ 04 ވަނަ ކުއާޓަރގެ މާލީ ހިސާބާއި ރިޕޯޓު، 2025 ވަނަ އަހަރުގެ އަހަރީ މާލީ ހިސާބާއި ރިޕޯޓު އަދި 2026 ވަނަ އަހަރުގެ 01 ވަނަ ކުއާޓަރގެ މާލީ ހިސާބާއި ރިޕޯޓު 2026 ޖޫން 15 ވަނަ ދުވަހުގެ ކުރިން ޢާންމުކުރުމަށް ކުންފުނިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކުންފުނީގެ ޙިއްޞާދާރުންނަށް މަންފާވާނެފަދަގޮތަކަށް ކުންފުނީގެ މާލީ ހިސާބުތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވާތީ، މާލީ ހިސާބު ޢާންމުކުރާ މުއްދަތު 2026 އޮގަސްޓް 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމުގެ ހުއްދައަށް އެދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާކަން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

 

15 ޖޫން 2026
ހޯދާ