ދިވެހިރާއްޖެ
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފަރުމަސްވެރިކަމުގެ މުބާރާތެއް 19 ޖޫން 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ވަނަތަށް ހޮވުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖެއިން ބާވެރިވާ ޓީމުތަކުގެ މެދުގައެވެ.
- މުޅި މަސްރޭހުން އެއްވަނަ ޓީމަށް -/30000 (ތްރީހާސް) ރުފިޔާ
- މުޅި މަސްރޭހުން ދެވަނަ ޓީމަށް -/25000 (ފަންސަވީސް ހާސް) ރުފިޔާ
- މުޅި މަސްރޭހުން ތިންވަނަ ޓީމަށް -/20000 (ވިހިހާސް) ރުފިޔާ
- އެންމެ ބަރުމަސްބޭނި ފަރާތަކަށް -/5000 (ފަސް ހާސް) ރުފިޔާ
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމް ފުރިހަމަކުރެއްވުމަށްފަހު 18 ޖޫން 2026 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއި މުބާރާތުގެ ޤަވައިދު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މިމުބާރާތުގެ ޤަވައިދާއި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މިއިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
