މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އެގްޒެކެޓިވް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: ސީނިއަރ އެކައުންޓްސް އެގްޒެކެޓިވް

މުސާރަ: މަހަކު -/7,200 ރުފިޔާ

އެލަވަންސް: މަހަކު -/4،800 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: އެކައުންޓްސް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:

2016 ޖަނަވަރީ 25 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މިބަޔަށް މާކްސްދެވޭނީ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކަށެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ، ލިޔުން ހުށަހަޅާފައިވާނަމައެވެ.)

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3323228 ނަންބަރު ފޯނާއެވެ.
  • "ކުއިކް ބުކްސް" ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމަށް އިންޓަވިއު ކުރެވޭނީ، ޝަރުޠުހަމަވާ، މަޤާމާ ގުޅޭ މާއްދާތަކުން އެންމެ މަތީ ފާސް ހޯދާފައިވާ 5 ފަރާތާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ.

ސިޓީ އެޑްރެސްކުރާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

                                      4 ރަބީޢުލްއާޚިރު 1437

14 ޖަނަވަރީ 2016
ހޯދާ