މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގާފަރުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓާއި ގުޅިގެން މައުލޫމާތު ހޯދުމަށް އެދުނު ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއްދިނުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                      ނަމްބަރ:331/2026/31/އެފްއައި-331(IUL)

އިޢުލާން

 

ކ.ގާފަރުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓާއި ގުޅިގެން މައުލޫމާތު ހޯދުމަށް އެދުނު ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއްދިނުން

 

                  ކ.ގާފަރުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، މާރކްސް ލިބުނުގޮތުގެ މައުލޫމާތު ހޯދުމަށް އެދުނު ފަރާތްތަކަށް، އެމައުލޫމާތު ދެވިފައިވަނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ފަހުންކަމަށްވުމާއެކު، ލިބުނު މައުލޫމާތާއި ގުޅިގެން އެފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތެއް ދިނުމަށްވަނީ ނިންމާފައެވެ.

                  ވީމާ، އިސްވެ ދެންނެވުނު ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ 2026 ޖޫން 23 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މިއިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް މެއިލްކޮށްގެންނެވެ.

15 ޖޫން 2026
ހޯދާ