މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ސްޓެޓިސްޓިކަލް އިންފޮމޭޝަން ސިސްޓަމްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުންް މާސްޓަރސް ނުވަތަ ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • އެންޑްރޮއިޑް އެޕްލިކޭޝަން ހެދުމުގެ ތަޖުރިބާ ހުރުން
  • ފަރިތަކަމާއެކު ޖާވާ ލެންގުއޭޖް ބޭނުންކުރަން އެނގުމާއެކު އެންޑްރޮއިޑް ޑިވެލޮޕްކުރަން އެނގުން
  • އިޤްތިޞާދާ ގުޅޭ ތަފާސްހިސާބުތައް އެޕްލިކޭޝަންތައް މެދުވެރިކޮށް ހުށަހަޅައިދިނުމަށް ޝައުޤުވެރިކަން ހުރުން
  • ވަޒީފާ ހަމަޖެއްސުމުގައި އެސްކިޔޫއެލް އަދި މައިއެސްކިޔޫއެލް ބޭނުންކޮށްގެން ޑޭޓާބޭސް ޑިވެލޮޕްކުރަން އެނގޭ ފަރާތްތަކަށާއި ޕީއެޗްޕީ ޕްރޮގްރާމިންގ ލެންގުއޭޖް އަދި އޭޕީއައި ޑިވެލޮޕް ކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މާލީ ދާއިރާއާ ގުޅޭ މަޢުލޫމާތު އާންމުކުރުމަށް އެމްއެމްއޭއިން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން އިތުރަށް ތަރައްޤީ ކުރުމާއި އެޕްލިކޭޝަނާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމު:

ސަރވިސް އެސިސްޓެންޓް (މަސައްކަތު)

ސެކްޝަން/ޑިވިޜަން:

އެޑްމިނިސްޓްރޭޝަންް ސެކްޝަން/ ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
  • ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މީޓިންގތަކަށް ސައި ތައްޔާރު ކުރުމުގެ އެންމެހައި މަަސައްކަތްތައް ކުރުމާއި އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
  • ވަޒިފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުމެއް.
  • އެސިސްޓެންޓް މެނޭޖަރުގެ ވަޒީފާއަށް އެދޭ ފަރާތުން ތައްޔާރުކޮށްފައިވާ އެންޑރޮއިޑް އެޕްލިކޭޝަން ޕޯޓްފޯލިއޯ (ޕްލޭ ސްޓޯގައި މި ވަގުތު ލިބެންހުރި އެޕްލިކޭޝަންތަކުގެ ނަމާއި ތަފްސީލް).
  • އެސިސްޓެންޓް މެނޭޖަރުގެ ވާޒީފާއަށް އެދޭ ފަރާތުން ތައްޔާރުކޮށްފައިވާ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި އެހެނިހެން މަސައްކަތްތަކުގެ ތަފުސީލު.

ސުންގަޑި

26 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 14:00 އަށް

14 ޖަނަވަރީ 2016
ހޯދާ