ދިވެހިރާއްޖެ
މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރުކަމަށްވެފައި، ރަށުތެރޭގައި މަދިރި ގިނަވަމުންދާތީ ބޭރަށް ހިންގުމާއި، ހުން އައުމާއި، ހޮޑުލުންފަދަ ރޯގާތައް އާދަޔާ ޚިލާފަށް ފެތުރެމުންދާއިރު ރަށުތެރޭގައި ނޮޅައި ސާފުކޮށް ބަލަހައްޓަމުން ނުދާ ގޯތިތަކާއި ބިންތައް ގިނަ ޢަދަދަކަށް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.
ވީމާ، މިއިދާރާގެ ނަންބަރު: (IUL)297-MSIM/297/2024/73 ( 18 އޮގަސްޓް 2024 ) އިޢުލާނުގައިވާ ގޮތުގެމަތިން، ޖޫން 2026 ގެ ނިޔަލަށް ގޯތިތެރެއާއި މަގުމަތި ނޮޅައި ސާފުކޮށް ބަލަހައްޓަމުން ނުދާ ގޯތިތަކާއި، ބިންތަކުގެ ވެރިފަރާތްތައް ޢާންމުކޮށް އިޢުލާންކުރުމަށް ހަމަޖެހިފައި ވާތީ ދެންނެވުނު ފަދައިން ހުރި ގޯތިތަކާއި ބިންތައް ނޮޅައި ސާފުކޮށް ބެލެހެއްޓުމަށް އެފަރާތްތަކަށް އިލްތިމާސްކޮށް، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
