ދިވެހިރާއްޖެ
ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރެވޭ ތާރީޚުން ފެށިގެން 5 އަހަރުދުވަހުގެ މުއްދަތަކަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދިނުން
ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން، އެކައުންސިލަށް ޤާނޫނީ ޚިދުމަތް ފޯރުކޮށް ދިނުންއެދި، ކަމާއިގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި އެއްގޮތަށް ރަޖިސްޓަރީ ކުރެވިގެން ހިންގާ އަދި ޤާބިލް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. ޤާނޫނު ނަންބަރު:2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން ދަނީ އެ ކައުންސިލުގެ "ލީގަލް ޕްރެކްޓިޝަނަރ" އެއްގެ ގޮތުގައި ފަރާތެއް ޢައްޔަންކުރުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތުން ޢައްޔަންކުރެވޭ ޤާނޫނީ ލަފާދޭ ކުންފުނިން/ފަރާތުން، 5 އަހަރު ދުވަހުގެ މުއްދަތަކަށް ޤާނޫނީ ޚިދުމަތް މި ކައުންސިލަށް ފޯރުކޮށްދޭންވާނެއެވެ.
މަޤްޞަދު
މި ޕްރޮކިއުމަންޓްގެ މައިގަނޑު އަދި ޖުމުލަ މަޤްޞަދަކީ ތިރީގައި ބަޔާންކުރެވިފައިވާ އަދި އެނޫންވެސް ކައުންސިލުން އެދޭ ކަންކަމުގައި ޤާނުނީ ޚިދުމަތް ފޯރުކޮށްދޭނުމަށް އެކަށޭނަ ފަރާތެއް ޢައްޔަންކުރުމެވެ.
- ކައުންސިލުގެ ޤާނޫނީ މެންޑޭޓާއި، އިދާރީ ޤާނޫނުތަކާއި ގަވާއިދުތަކާއި، އަދި ކައުންސިލުގެ ހިންގުމާއި ގުޅޭ ޤާނޫނީ ލިޔެކިޔުންތަކާއި އަދި ކޮންޓްރެކްޓްތައް ޑްރާފްޓްކުރުމާއި، ރިވިއުކުރުމާއި، ސައްޙަކަން ކަނޑައެޅުމުގެ ޤާނުނީ ލަފާ ފޯރުކޮށްދިނުން.
- ޤާނޫނާއި ޤަވާއިދު އަދި ސިޔާސަތު އަދި މިނޫންވެސް މިފަދަ އެކި ދާއިރާތަކުން ޤާނޫނީ މަޝްވަރާ އެކުލަވާލުން(ލީގަލް އޮޕީނިއަން ފޯމިއުލޭޓްކުރުން).
- ޤާނޫނީ ކަންކަމުގައި އެކަށީގެންވާ ދިރާސާ ކުރުމަށްފަހު ޤާނޫނީ މައްސަލަތައް ޙައްލުކުރުމުގައި ލަފާދިނުން.
- ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނުނުތަކާއި، މުޢާމަލާތްކުރުމާއި، މުދާ ހޯދުމާއި ނައްތާލުމާއި ގުޅޭގޮތުން ޤާނޫނީ ޚިދުމަތް ފޯރުކޮށްދިނުން.
- ޤާނޫނީ އިދާރާތައް ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ކޯޓުތަކުގައި، ޓްރައިބިއުނަލްތަކުގައި، އަދި މިނޫންވެސް ޤާނޫނީ ގޮތުން ހިނގާ މަރުޙަލާތަކުގައި ކައުންސިލު ތަމްސީލުކުރުން.
- ކައުންސިލުގެ ގަވާއިދުތަކާއި، އުޞޫލުތަކާއި، ސިޔާސަތުތަކާއި، ޤަރާރުތަކާއި އަދި މިނޫންވެސް މިފަދަ ކަންކަމާއި ގުޅޭ ލިޔުންތައް ޑްރާފްޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- އެކި ފަރާތްތަކުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ކައުންސިލުގެ ހިންގުމާއިގުޅޭ އެހެނިހެން ކަމެއް އަދި/ނުވަތަ އިންސިޑެންޝަލްކަންކަމުގައި ލަފާފޯރުކޮށްދިނުން.
- ސުލޫކީ ކަންކަމުގައި ލަފާ ދިނުން.
- ކައުންސިލުން ޢަމަލުކުރުން ލާޒިމު ޤާނޫނޫތަކާއި ގުޅޭގޮތުން ކައުންސިލަރުންނާއި، މެނޭޖްމަންޓާއި އަދި މުވައްޒަފުންނަށް ތަމްރީނުދިނުން.
ޝައުޤުވެރިކަން ފާޅުކުރާ ކޮންޒަލްޓަންޓުންގެ ކޮލިފިކޭޝަން
ޝައުޤުވެރިވާ ޤާނޫނީ ފާމްތައް/ފަރާތްތަކުގެ ތެރެއިން، ކޮންޒަލްޓެންސީގެ ޚިދުމަތަށް ޝޯޓްލިސްޓްކުރެވޭނީ، ތިރީގައިވާ ޢަސާސީ ޝަރުޠުތައް ފުރިހަމަވާ ޤާބިލު ފާމްތައް/ފަރާތްތަކެވެ.
(ހ) ކަމާއިގުޅޭ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ރަޖިސްޓަރީކުރެވިގެން ހިންގާ ފާމެއް/ފަރާތެއްކަމުގައިވުން،(ކަމާއިގުޅޭ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ރަޖިސްޓަރީކުރެވިގެން ހިންގާ ފާމެއް/ފަރާތެއްކަން ކަށަވަރުކުރުމުގެ ގޮތުން ރަޖިސްޓަރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.)
(ށ) ފާމްގައި މަދުވެގެން 2 (ދޭއް) ޤާނޫނީ ވަކީލުން ތިބެންވާނެއެވެ. އަދި މީގެތެރެއިން މަދުވެގެން 1(އެކެއް) ވަކީލު ވާންވާނީ ހައިކޯޓް އަދި ސްޕްރީމް ކޯޓްގައި ވަކާލާތުކުރުމުގެ ހުއްދަ އޮތްފަރާތަކަށެވެ. (ޤާނޫނީ ވަކީލުކަން ކުރުމާއި، ހައިކޯޓް އަދި ސްޕްރީމްކޯޓްގައި ވަކާލާތުގެ ކުރުމުގެ ހުއްދަތަކުގެ ކޮޕީތައް އެއްހީރަސްކުރާންވާނެއެވެ.)
(ނ) ބޮޑެތި ކުއްތަކުގެ ތެރެއިން ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ވެގެންނުވާނެއެވެ. (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ސުންގަޑިއަށް ސައްހަ،ދިވެހި ފުލުހުންގެ އިދާރާއިން/މިފަދަ ލިޔުން ދޫކުރާ އިދާރާއަކުން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް ގުޑް ކޮންޑަކްޓް (ސެޓްފިކެޓް އޮފް ކްލިއަރެންސް) ގެ ސައްހަ ސެޓިފައިޑް ކޮޕީއެއް އެޓޭޗް ކުރަންވާނެ)
(ރ) ކައުންސިލާއި ދެކޮޅަށް ފިޔަވަޅު ނޭޅުމަށް/ލިޓިގޭޓް ނުކުރުމަށް އިޤްރާރުވާ ނުވަތަ އެއްބަސްވާ ފަރާތަކަށް ވާންވާނެއެވެ.(ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ކައުންސިލާއި އަދި ކައުންސީލު ތަމްސީލުކުރާ ފަރާތަކާއި ދެކޮޅަށް ފިޔަވަޅެއް ނާޅާނޭކަން/ލިޓިގޭޓް ނުކުރާނެކަން ބަޔާންކޮށް، ކުންފުނީގެ ލެޓަހެޑްގައި ލިޔެ، ހުއްދަދެވިފައިވާ ފަރާތަކުން ސޮއިކޮށް އަދި ކުންފުނީގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް އެއް ހީރަސްކުރަންވާނެއެވެ.)
ނޯޓް: ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން ދިވެހި ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގައި ހިމެނިފައިވާ ޕްރޮކިއުމަންޓާއި ގުޅޭ އިޖުރާޢުތަކަށް ފުރިހަމައަށް ތަބަޢަވާންވާނެއެވެ. އަދި އިތުރު މަޢުލޫމާތު ކޮންޒަލްޓެންސީ ކަރުދާހުގެ ޒަރިނއްޔާއިން ހިއްސާކުރެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
މަޢުލޫމާތު އޮޅުންފިލުވުމާއި އެކްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ސުންގަޑި
|
އިތުރު މަޢުލޫމާތު ހޯދުމަށް |
މަބްރޫކް އިސްޙާޤް ، އ.ކައުންސިލް އެގްޒެކެޓިވް،ހެޑް އޮފް ކޯޕަރޭޓް އެފެއާޒް ޔުނިޓް |
|
ކޮންޓެކްޓް ނަންބަރު |
6706529 (އާދިއްތަ-ބުރާސްފަތި 0800-1400ގައި ގުޅުއްވުމަށް) |
|
އީމެއިލް |
|
|
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ސުންގަޑި |
24 ޖޫން 2026 (ބުދަ)، މެންދުރުކުރި 11:00 |
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންވާނީ ރަނގަޅަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ޕްރޮކިއުމަންޓް އިޢުލާނު ނަންބަރު ލިޔެ އަދި ހެޑް އޮފް ކޯޕަރޭޓް އެފެއާޒް ޔުނިޓަށް އެޑްރެސް ކުރެވިފައި އޮނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަންވެރިޔާގެ ނަމާއި، އެޑްރެސް ބަންދުކުރެވިފައިވާ އުރައިގެ ބޭރުގައި ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާނީ:
ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުގެ އިދާރާ،
ގްރައުންޑް ފްލޯ، ސޯސަންމަގު،
ވ.ފުލިދޫ ދިވެހިރާއްޖެ
