ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުޓްސަލް އެޓޯލްސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2027/2026
FAM/IUL/2026/011
އިޢުލާން
ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ އިޢްލާން ނަންބަރު FAM/IUL/2026/009 (13 މޭ 2026) އިޢްލާނާއި ޙަވާލާދީ ދަންނަވަމެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓްސަލް ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، 27 ޖުލައި 2026 ގައި ފެށުމަށް ތާވަލްކޮށްފައިވާ 'ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް' ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން ގިނަ ރަށްތަކަކުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މިގޮތުން، ކުރިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވެފައިވަނީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމެއް ކަމަށްވުމުން، އެރަށެއްގެ ރަށު ކައުންސިލުން، މުބާރާތުގައި ބައިވެރިވާން ބޭނުންނުވެ، އަދި ޓީމެއް ވެސް އެންޑޯޒް ކުރަން ބޭނުން ނުވި ބައެއް ރަށްރަށުގެ، ބައެއް ކްލަބްތަކުން މުބާރާތުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނުގައި ދަނީ އެދެމުންނެވެ.
އެހެންކަމުން، ކުރިން ދީފައިވާ މުއްދަތު ހަމަވީއިރު، އެ ރަށަކުން "ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައި ނުވާނަމަ، އެރަށެއްގެ ކައުންސިލުން އެންޑޯޒް ނުކުރާ ރަށް ރަށުގައި ރަޖިސްޓްރީ ވެފައިވާ ކްލަބް ޖަމްޢިއްޔާތަކަށް އަމިއްލަ ގޮތުން ބައިވެރިވުމުގެ ފުރުޞަތު ދިނުމާއިއެކު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 21 ޖޫން 2026 ވަނަ ދުވަހުގެ 23:59 އަށް އިތުރުކުރުމަށް މިއެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. ވީމާ، "ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން ބައިވެރިވުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އީމެއިލް އަށް ފޮނުއްވުން އެދެމެވެ.
މުބާރާތުގައި ކްލަބް ބައިވެރިކުރުމުގައި އިސްކަންދޭނެ ތަރުތީބު:
-
މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް.
-
މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބެއް.
-
މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ނުކުރާ ރަށް ރަށުގައި ރަޖިސްޓްރީ ވެފައިވާ ކްލަބް ޖަމްޢިއްޔާތައް.
14 ޖޫން 2026
14 ޖޫން 2026
ހޯދާ
