ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތާއި ބެހޭ

ނަންބަރު: (IUL)391/391/2026/51

އިޢުލާން

 

2026 ވަނަ އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތާއި ބެހޭ

 

      2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގެ ފަރާތުން މުޅިރާއްޖެއަށް ހުޅުވާލައިގެން ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަށު ރަށްޔިތުންނަށް ހުޅުވާލައިގެން ރަށުގެ ބަނދަރު  ސަރަހައްދުގައެވެ.

      ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމް ފުރިހަމަކުރެއްވުމަށްފަހު 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިމަރަފުށީ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއި މުބާރާތުގެ ޤަވައިދު ތިމަރަފުށީ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

      މިމުބާރާތާއިބެހޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ އައިސީޓީ ޓެކްނީޝަން އަޝްޖަޢު ބިން ޢައްބާސް (މޯބައިލް ނަމްބަރ 9555692) އާއި ގުޅުއްވުން އެދެމެވެ. މިމުބާރާތުގެ ޤަވައިދާއި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މިއިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.  

14 ޖޫން 2026
ހޯދާ