ދިވެހިރާއްޖެ
ފީފާ ވޯލްޑް ކަޕް 2026ގެ މެޗުތައް ބެލުމަށް ކައުންސިލް ޓްރެއިނިންގް ސެންޓަރު ކައިރީގައި ސްކްރީން ހަރުކުރެވިފައި ހުރި ސަރަޙައްދުގައި ގާޑިޔާ ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ނަންނޯޓް ކުރަމުން ގެންދިޔުން އެދެމެވެ. މި ގާޑިޔާތަކަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސާނީ މި ކައުންސިލުންނެވެ.
މުޅި މުބާރާތުގެ މުއްދަތަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500 (ފަސް ސަތޭކަ) ރުފިޔާގެ ފީ އެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި ގާޑިޔާ ހިންގާ ފަރާތުގެ މައުލޫމާތު އަދި ފައިސާ ދެއްކި ރަސީދު މިކައުންސިލްގެ ވައިބަރ ނަންބަރު 9660015 އަށް ފޮނުއްވުން އެދެމެވެ. ފައިސާ ޖަމާކުރައްވާނީ ތިރީގައިވާ އެކައުންޓަށެވެ.
|
ބޭންކް އެކައުންޓް ނަން |
1468 REVENUE |
|
ބޭންކް އެކައުންޓް ނަންބަރ |
7710700382001 |
ވީމާ، ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ނުވަތަ ވައިބަރ މެދުވެރިކޮށް ރަޖިސްޓްރޭޝަން ފީ ދައްކަވައި ނަންނޯޓް ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
