ދިވެހިރާއްޖެ
މި އިޢުލާނާއެކު އެއްކަރުސާސްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް މި ރަށު ބަނދަރު ސަރަޙައްދުގައި ބެންޗުތަކެއް ބަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2026 ޖޫން 24 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މެއިލް އެޑްރެސް [email protected] އަށް ރަޖިސްޓަރީވާން އެދި މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓަރީވާން އެދި މެއިލް ފޮނުވާއިރު ހުށަހަޅާ ފަރާތް (ކުންފުނި/ޕާޓްނަރޝިޕް/ފަރުދުންގެ ވިޔަފާރި)ގެ ނަން، ވެރިފަރާތުގެ ފުރިހަމަ ނަމާއި އަދި ރަސްމީ ފޯނުނަންބަރު މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެއެވެ.
މި އިޢުލާނާއެކު މި މަސައްކަތްތަކުގެ މަޢުލޫމާތާއި އުޞޫލްތައް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ހިމެނޭ ބިޑް ޑޮކިއުމަންޓް އެއްކަރުދާސްކުރެވިފައި ވާނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ.
މި މަސައްކަތާގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ މަތީގައިއެވާ މެއިލަށް 2026 ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށް ސުވާލު ހުށަހަޅާ ފަރާތްތަކަށް 2026 ޖޫން 21 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތުގެ ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2026 ޖޫން 25 ވަނަ ދުވަހުގެ 10:15 ގައި މި އިދާރާގައެވެ.
