ދިވެހިރާއްޖެ
| މަޤާމް :އިންޓަރނަލް އޮޑިޓަރ | |
|---|---|
| ބޭނުންވާ އަދަދު :3 | |
|
މަހަކު -/8000 ރުފިޔާ |
މުސާރަ |
|
- މަންތްލީ ފިކްސްޑް އެލަވަންސް -/4،650 ރުފިޔާ (ފިކްސްޑް) - ޓެކްނިކަލް އެލަވަންސް -/2،500 ރުފިޔާ (ފިކްސްޑް) - ސަރވިސް އެލަވަންސް -/80 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް) - އޮޑިޓް އެލަވަންސް -/2،500 ރުފިޔާ (ފިކްސްޑް) - ރިސްކް އެލަވަންސް -/30 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް) - މުވައްޒަފުންނަށް ކުންފުނިން ފަހިކޮށްދޭ މެޑިކަލް ހެލްތް އިންޝުއަރެންސް. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސެޓްފިކެޓް ލެވަލް 7 އަދި 8 އަށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން އެޑިއުކޭޝަނަލް އެލަވަންސް. |
އެހެނިހެން އިނާޔަތްތައް |
|
- އެކައުންޓިންގް / އޮޑިޓިން ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 01 އަަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ޝަރުތު |
|
- އިންޓާނަލް އޮޑިޓަރ ޔުނިވަރސް އެކުލަވާލުމުގަޔާއި މުތާލިޔާ ކުރުމުގައި އިންޓަރނަލް އޮޑިޓް މެނޭޖަރ އަށާއި ޑިޕާޓްމަންޓް ހިންގުމާއި ހަވާލުވެ ހުންނަވާ ފަރާތްތަކަށް އެހީތެރިވުން. - އޮޑިޓްކުރެވޭ ސިސްޓަމްތައް ދަސްކޮށް އަދި ކަމަށް އެކަށީގެންވާ ޓެކްނިކްތަކުގައި ތެރޭގައި ހިމެނޭ، ޑިޕާޓްމަންޓްތަކުގެ ކަމާއިގުޅޭ މުވައްޒަފުންނަށް އިންޓަރވިއުކުރުން، ސިސްޓަމްތަކުގެ ފްލޯޗާޓް ކުރެހުން ނުވަތަ ޕްރޮސަސްތައް ހިންގާ ގޮތް ލިޔުމުން ރެކޯޑްކުރުމާއި، ޕްރޮސެސްގެ ރިސްކު އެސެސްމަންޓް ހެދުން. - ކުންފުނީގެ އިންޓަރނަލް ކޮންޓްރޯލްތަކަކީ އެއަށް އިތުބާރުކުރެވޭ ހަރުދަނާ އިންޓަރނަލް ކޮންޓްރޯލް ތަކެއްތޯ ވަޒަންކުރުމާއި، އިދާރީ އިޖްރާޢަތަށް މުރާޖާކުރުމަށް އެހީތެރިވުން. - އިންޓަރނަލް އޮޑިޓް އަދި ޕްލޭންތައް، މެނޭޖަރުގެ އެހީތެރިކަމާއިއެކު ތައްޔާރުކުރުން. - އޮޑިޓް ކުރުމުގައި ބޭނުންކުރާ އިޖްރާރުތައް ޑްރާފްޓުކޮށް، އެ އިޖްރާރުތައް މެނޭޖަރުގެ އަރިހުން ޗެކުކުރުވައި ޗީފް އިންޓަރނަލް އޮޑިޓަރު އަރިހުން ފާސްކުރުން. - ފުރިހަމަކުރެވޭ އޮޑިޓް އިޖްރާޢަތްތަކާއި ގުޅޭ އޮޑިޓުގެ މަސައްކަތު ކަރުދާސް ތައްޔާރުކޮށް، އެ ތަކެތި ބެލެހެއްޓުން. - ކުރި އޮޑިޓް މަސައްކަތްތަކުގެ ނަތީޖާ މައްޗަށް ބިނާކޮށް، އެބަޔަށް ނިސްބަތްވާ، އިންޓަރނަލް އޮޑިޓުގެ ރިޕޯޓުގެ ބައިތައް އެއްބަސްވެވިފައިވާ މުއްދަތައް ޑްރާފްޓުކޮށް ނިންމުން. |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު |
|
ދުވާލަކު 08 ގަޑިއިރު (08:00 – 16:00) |
މަސައްކަތްކުރަންޖެހޭ ވަގުތު |
|
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / އިންޓަރނަލް އޮޑިޓް |
މަސައްކަތް ކުރަންޖެހޭ ތަން |
|
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް. |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި |
|
- 2026 ޖޫން 21 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން. |
ސުންގަޑި |
|
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2026 ޖޫން 23 އާއި ޖުލައި 20 އާއި ދެމެދުގައެވެ. |
އިންޓަރވިއު މުއްދަތު |
|
- މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތައް އެމް.ޕީ.އެލްގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2026 ޖޫން 21 ވަނަ ދުވަހުގެ 16:00ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. |
ހުށަހަޅަންޖެހޭ އޮފީސް |
|
ޖޮބް ޕޯޓަލް ލިންކް |
