ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5 ޓަނުގެ ޕިކަޕެއް ހޯދުމާގުޅޭ

އިޢުލާން

މި އިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ހޯދުމާގުޅޭ:

މި އިދާރާއިން ކުރިއަށްގެންދާ ކުނީގެ މަޝްރޫޢުގައި ބޭނުންކުރުމަށް 1.5 ޓަނުގެ ޕިކަޕެއް ގަންނަ ބޭނުންވެއްޖެއެވެ.  

ވީމާ، މި އިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ވިއްކަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، މިކައުންސިލްގެ ނަންބަރު 6800708 ނުވަތަ ކައުންސިލްގެ ރައީސްގެ ނަންބަރު 7794013 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ހިމެނޭ ޝީޓެއް ދެވޭނެއެވެ.

  • މަޢުލޫމާތު ސާފުކުރުން: 24 ޖަނަވަރީ 2016 ދުވަހުގެ 11:00 ގައި
  • އަންދާސީހިސާބު ހުށަހެޅުން: 28 ޖަނަވަރީ 2016 ދުވަހުގެ 10:00 ގައި

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ކައުންސިލަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގަންނަވާއިރު އައި ޑީ ކާޑު ނުވަތަ އައި ޑީ ކާޑުގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްތަކުން ނަމަ، ރަޖިސްޓަރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

03 ރަބީޢުލްއާޚިރު 1437

13 ޖަނަވަރީ 2016
ހޯދާ