ދިވެހިރާއްޖެ
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފަރުމަސްވެރިކަމުގެ މުބާރާތެއް 19 ޖޫން 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި މުޅި ރާއްޖޭން 1 ވަނައަށް ދާ ޓީމަކަށް 30,000.00 ރުފިޔާ، ދެވަނަ ޓީމަށް 25,000.00 ރުފިޔާ، އަދި ތިންވަނަ އަށްދާ ޓީމަކަށް 20,000.00 ރުފިޔާ އަދި މީގެ އިތުރުން އެންމެ ބަރުމަސް ބާނާ ފަރާތަކަށް 5،000.00 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތާގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން އެކުލަވާލާފައިވާ ޢާއްމު ޤަވާއިދު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކަމާގުޅޭ ފޯމް (ފަރުމަސްވެރިކަމުގެ މުބާރާތް 2026)( Fill in form ފުރިހަމަ ކުރެއްވުން އެދެމެވެ. މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާގެ ނަމްބަރު 6563759 ނުވަތަ 9797568 ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
