މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" އޭދަފުށި ބެޑްމިންޓަން ކަޕް 2026 " މުބާރާތަށް ބޭނުންވާ މެޑަލް އަދި ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

" އޭދަފުށި ބެޑްމިންޓަން ކަޕް 2026 "  މުބާރާތަށް ބޭނުންވާ މެޑަލް އަދި ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

      ބ.އޭދަފުށީ ކައުންސިލުން ފޯރުކޮށްދޭ ނަމޫނާތަކާއި އެއްގޮތަށް މެޑަލް އަދި ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

                   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިމިވާ ލިންކް މެދުވެރިކޮށް  ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 21 ޖޫން 2026  އާދީއްތަ ދުވަހުގެ 11.00 އަށް މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

ލިންކް:  https://forms.gle/Xc37w2h2xu1vopom9

 

ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

1-      ބީލަން ހުށަހަޅާ ފަރާތްތަކުން ފްރޮޕޯސަލް ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލެވުމަށް ސަމާލުކަން ދޭންވާނެއެވެ.

2-      ބީލަން/ ޕްރޮޕޯސަލްގައި ރަޖިސްޓްރީވުމަށް އެދި، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު،  އިޢުލާން ނަންބަރު އަދި ފުރިހަމަ ނަމާއި، އީމެއިލް އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު [email protected] އަށް އީ-މެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

3-      ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

4-      ބީލަން/ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޒޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

5-      މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް   [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

6-      ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 21 ޖޫން 2026  އާދީއްތަ ދުވަހުގެ 11.00 އަށް  މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

14 ޖޫން 2026
ހޯދާ