މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސީނިއަރ ޕްރޮޓެކްޓެޑް އޭރިއާސް މެނޭޖްމަންޓް އޮފިސަރ

އިޢުލާނު

 

މަޤާމު:

ސީނިއަރ ޕްރޮޓެކްޓެޑް އޭރިއާސް މެނޭޖްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-453015

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 7 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެންވަޔަރަންމަންޓަލް މެނޭޖްމަންޓް އެންޑް ކޮންސަރވޭޝަން ޑިޕާޓްމަންޓު / މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް  އެންޑް އެނަރޖީ، މާލެ

މުސާރަ:

މަހަކު  9,845.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު  4,595.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް 125.00 ރުފިޔާ

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސައުތުއަރި މެރިން ޕާރކުބެލެއްޓުމާއި ބެހޭ ޤަވާއިދުގެ ދަށުން ތަފާތު ކަންކަމަށް ދޫކުރަންޖެހޭ ޕާރމިޓްތައް އެފަރާތްތަކަށް ދޫކޮށް ރެކޯޑްސް ބެލެހެއްޓުން.
  2. ސައުތުއަރި މެރިން ޕާރކުބެލެއްޓުމާއި ބެހޭ ޤަވާއިދުގެ ދަށުން ތަފާތު ކަންކަމަށް ދޫކުރަންޖެހޭޕާރމިޓްތައްއެފަރާތްތަކަށް ދޫކޮށް ރެކޯޑްސް ބެލެހެއްޓުން.
  3. ސައުތުއަރި މެރިން ޕާކްގެ މާހައުލާ އެތާނގައިވާ ދިރުންތަކާއި ބެހޭ ގޮތުން ސްކޫލުތަކާއި އާންމުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް މަދުވެގެން މަހަކު އެއްފަހަރު ހިންގުން.
  4. ސައުތުއަރި މެރިން ޕާކްގެ މަހައުލުގައިވާ ދިރޭތަކެތީގެ އިންވެންޓްރީ ހަދައި، ބަލަހައްޓާ، އަޕްޑޭޓްކުރުން.
  5. ސައުތުއަރި މެރިން ޕާކަށް ޒިޔާރަތްކުރާ ފަރާތްތައް ސައުތުއަރި މެރިން ޕާރކުގައި ފެހުރިހި ބެލުމަށް ހެދިފައިވާ ކޯޑް އޮފް ކޮންޑަކްޓްސް، އެންކައުންޓަރ ގައިޑްލައިން އަދި މެނޭޖްމަންޓް ޕްލޭންއަށް އަހުލުވެރިކުރުވުން.
  6. ސައުތު އަރި މެރިންގ ޕާކުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި މެނޭޖްމަންޓް ޕްލޭން ތަންފީޛް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި، ބެލެހެއްޓުމުގެ ޒިންމާ އަދާކުރުން.
  7. ސައުތު އަރި މެރިންގ ޕާކުގެ ސްޓާފުންނާ ގުޅުންހުރި އެންމެހާ ކަންކަން ކުރުން.
  8. ސަމްޕާ ބޭނުންކުރާ ފަރާތްތަކާ މަޝްވަރާކޮށް ޚިޔާލު ހޯދައި މެނޭޖްމަންޓް ހަރުދަނާ ކުރުން.
  9. ސައުތުއަރި މެރިން ޕާރކާއި ގުޅޭ ލީފްލެޓްތަކާއި، ބްރޮޝަރ ތަކާއި އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލް ތައްޔާރުކުރުން.
  10. އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުންތައް ބޭއްވުމާއި އެބައްދުލުވުމުގެ ޔައުމިއްޔާ ނަގައި ބެލެހެއްޓުން

 

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް: 

  • އެނިމަލް ބަޔޮލޮޖީ  
  • ބަޔޯޑައިވާސިޓީ  
  • ބަޔޯޑައިވަރސިޓީ ކޮންޒަރވޭޝަން  
  • ބަޔޮލޮޖީ  
  • ބޮޓަނީ  
  • ކޮންޒަރވޭޝަން  
  • ކޮންޒަރވޭޝަން ބަޔޮލޮޖީ  
  • ކޮންޒަރވޭޝަން ސައިންސް  
  • އިކޮލޮޖީ  
  • އެންވަޔަރަންމަންޓަލް އެޑިޔުކޭޝަން  
  • އެންވަޔަރަންމަންޓަލް މެނޭޖްމަންޓް  
  • އެންވަޔަރަންމަންޓަލް ޕްލޭނިންގ  
  • އެންވަޔަރަންމަންޓަލް ޕޮލިއުޝަން  
  • އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެންޑް ކޮންޒަރވޭޝަން  
  • އެންވަޔަރަންމަންޓަލް ރިސްކް  
  • އެންވަޔަރަންމަންޓަލް ސައިންސް  
  • އެންވަޔަރަންމަންޓަލް ސްޓަޑީސް  
  • އެންވަޔަރަންމަންޓަލް ސަސްޓެއިނަބިލިޓީ  
  • ޖިއޯ ސްޕޭޝަލް ސައިންސް  
  • މެރީން ބަޔޮލޮޖީ  
  • މެރީން ސައިންސް  
  • ނެޗުރަލް ރިސޯސް މެނޭޖްމަންޓް  
  • ޕްލާންޓް ބަޔޮލޮޖީ  
  • ޕްލާންޓް ކޮންޒަރވޭޝަން  
  • ޕްލާންޓް ޕެތޮލޮޖީ  
  • ޕްލާންޓް ސައިންސް  
  • ޕޮލިއުޝަން ކޮންޓްރޯލް  
  • ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް  
  • ވައިލްޑްލައިފް ބައޮލޮޖީ  
  • ޒޫލޮޖީ 

ގުޅޭވަޒީފާގެ ދާއިރާތައް:

  1. ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމާގުޅުން ހުރި ޢަމަލީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖޫން 23 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 25 ޖޫން 2026 އާއި 09 ޖުލައި 2026  އާ ދެމެދު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018329 ،3018324 އަށެވެ. އީ-މެއިލް ކުރާނީ  [email protected]   އަށެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 ޖޫން 2026
ހޯދާ