ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމާއި ގުޅިގެން ބާއްވާ މަސްރޭސް

2026ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑްއޯޝަން ރިސޯސަސް އާއި ރަށު ކައުންސިލްތައް ގުޅިގެން އިންތިޒާމުކޮށްގެން މުޅިރާއްޖެއަށް ބޭއްވުމަށް ހަމަޖެހިފައިވާފަރުމަސްވެރި ކަމުގެ މުބާރާތާއި ގުޅޭ

     

 2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި ރަށު ކައުންސިލްތައް ގުޅިގެން އިންތިޒާމުކޮށްގެން މުޅިރާއްޖެއަށް ބޭއްވުމަށް ހަމަޖެހިފައިވާ ފަރުމަސްވެރި ކަމުގެ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ޓީމްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކަމުގައި ދަންނަވަމެވެ. މިމުބާރާތުގެ ޢާންމު ޤަވާއިދު އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ފޯރމުގެ ލިންކް: ދުނިޔޭގެ ކަންޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން – Fill out form

 

  • ކޮންމެ ޓީމަކުން ބައިވެރިވެވޭނީ މެނޭޖަރާއެކު ގިނަވެގެން 13 މީހުން ، 2 ފަޅުވެރިން ނުހިމަނާ، މަދުވެގެން 4 ބައިވެރިން.
  • ތާރީޚް: 19 ޖޫން 2026 ( ހުކުރު ދުވަސް)
  • މަހަށް ފުރުން: 15:00 އިން 16:00 އަށް (ހަވީރު)
  • މަހުން ލެފުން: 21:00 (ރޭގަނޑު)
  • މި މުބާރާތުގެ ވަނަތައް ހޮވާނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބައިވެރިވާ ޓިމްތަކުގެ މެދުގައެވެ.
  • 01 ވަނަ ޓީމަށް 30000.00 ރުފިޔާގެ ފައިސާގެ އިނާމް
  • 02 ވަނަ ޓީމަށް 25000.00 ރުފިޔާގެ ފައިސާގެ އިނާމް
  • 03 ވަނަ ޓީމަށް 20000.00 ރުފިޔާގެ ފައިސާގެ އިނާމް
  • އެންމެ ބަރުމަސް ބޭނި ފަރާތަށް 5000.00 ރުފިޔާގެ އިނާމް
14 ޖޫން 2026
ހޯދާ