ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދުތައް ސާފުކުރުމަށް ފަހު ހުންނަ ގައު، ކޮންކްރިޓްގަނޑު، އިންފާރާއި އިމާރާތް ތެޅުމަށް ފަހު އުފެދޭ ގައު، ގައުކުނޑި، ސިމެންތި ޓިނު، ތަށިމުށި އަޅާން ވަކި ޚާއްޞަ ސަރަހައްދެއް ކައުންސިލުން މިހާރު ވާނީ ކަނޑައަޅައިފައެވެ.
ވީމާ، މި ފަދަ ބާވަތްތަކުގެ ގައުކުނޑި އަޅާން ބޭނުންވާ ފަރާތްތަކުން ރަށުގެ ދެކުނު ފަރާތުން އިންޑަސްޓިރިއަލް ޒޯނުގައި ފެންސް ޖަހައި ވަކިކޮށްފައިވާ ސަރަހައްދަށް އެ ފަދަ ތަކެތި އެޅުން އެދެމެވެ.
އަދި މިހާރު ގައުކުނޑި އަޅާ ސަރަހައްދުކަމުގައިވާ މަސްމާރުކޭޓްގެ ހުޅަނގު ފަރާތާއި އެހެން ސަރަހައްދަކަށް ގަލާއި ގައުކުނޑި އަދި އެހެނިހެން ކުނި އެޅުމަކީ މަނާކަމެއްކަމުގައި ދެންނެވީމެވެ. ކައުންސިލުން ގައުކުނޑި އަޅާން ކަނޑައަޅައިފައިވާ ސަރަހައްދު ފިޔަވައި އެހެނިހެން ތަންތަނަށް ކުނި އަޅާ ފަރާތްތަކާ މެދު ކުނިމެނޭޖް ކުރުމުގާއި ބެހޭ ގަވާއިދުގެ ތެރެއިން ފިޔަވަޅު އެޅޭނޭ ވާހަކަ ދަންނަވަމެވެ.
އިއުލާނާ އެކު ގައުކުނޑި އަޅާން ޚާއްޞަކޮށްފައިވާ ސަރަހައްދު ވަކިކުރެވިފައިވާ ޗާޓު އެއްކަރުދާސްކުރެވިފައި އެ ވަނީއެވެ.
