ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

ފުނަދޫ ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

   ށ.ފުނަދޫ

                                                       ނަންބަރު: (IUL)GS-59-B/INDIV/2026/20

އިޢުލާން

 

ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

ފުނަދޫ ސްކޫލްގެ ތިރީގައި މިދަންނަވާ ބައުތަކެތީގެ ނީލަން ކިޔުން 19 ޖޫން 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި ފުނަދޫ ސްކޫލް ގެ ގޯތިތެރޭގައި އޮންނާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު

  • ނީލަންކިޔާ ތަކެތި ބައިބަޔަށް (ލޮޓް) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައިވާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަންބަރ ފެންނާނެހެން ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  • ނީލަން ކުރިޔަށް ގެންދާނީ މަދުވެގެން 3 ބައިވެރީންގެ ހާޒިރުގައެވެ. 3 ބައިވެރީން ހާޟިރު ނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 02 ނުވަތަ 01 ބައިވެރިންގެ ހާޟިރުގައި ކަޑައަޅާފައިވާ ގަޑީގައި ނީލަން ކުރިޔަށް ގެންދެވޭނެއެވެ. ދެވަނަ ފަހަރަށް މުދާ ނީލަންކިޔުމަށް އިޢުލާން ކުރުމުން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިނުވެއްޖެނަމަ  އެމުދާ ނީލަންކިޔުމުގެ އުޞޫލުގެ 09 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނައްތައިލެވޭނެއެވެ.

                      ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުމަށް، މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން ދެއްވުންއެދެމެވެ.  ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 24 ގަޑިއިރު ތެރޭގައި ނީލަމުން ނެންގެވި ތަކެތި ނީލަންކިޔާ ސަރަޙައްދުން ގެންދަވަންވާނެއެވެ.

އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުނަދޫ ސްކޫލް / ށ.ފުނަދޫ ، ދިވެހިރާއްޖެ.

ފޯން:     6540540 އީމެއިލް: [email protected]

28 ޛުލްޙިއްޖާ 1447

14 ޖޫން 2026

14 ޖޫން 2026
ހޯދާ