ދިވެހިރާއްޖެ
ނަމްބަރ: (IUL)413/413/2026/13
އިއުލާން
ޑިންގީ ފަހަރާއި، ލޯނޗް ފަހަރު އެޅުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައި ފައްތިޔާ އަޅާ ޖާގައޮތް މިންވަރަކުން ބޭނުންވާ ފަރާތްތަކަށް ޖާގަ ދިނުމާއިބެހޭ
ބަނދަރުގެ އެއްގަމު ތޮށީގެ އެކި ދިމަދިމާލުގައި ޑިންގީފަހަރުތައް އަޅާފައި ހުރުމުގެ ސަބަބުން ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑުވެފައިވާތީ، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ބަނދަރުގެ ދެކޮޅު ބޭރުޖެޓީކައިރީގައި ( މިހާރު ވެސް ޑިންގީފަހަރުތަކަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައި ) ޑީންގީފަހަރުތަކަށް ފައްތިޔާ އަޅާ ގިނަ ޑިންގީތަކަށް އެތަނުން ޖާގަހެދުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ލޯނޗް ފަހަރުތައް އެޅުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުން ޖާގަ އޮތް މިންވަރަކުން ލޯނޗްތަކަށް ވެސް ޖާގަ ހަމަޖައްސާ ފައްތިޔާ އަޅާދިނުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، ބަނދަރުގެ ބޭރު ޖެޓީއިން ޑިންގީފަހަރަށް ، އަދި ލޯނޗް ފަހަރު އަޅާ އެއްގަމު ތޮށިން ލޯނޗްފަހަރަށް ޖާގަ ބޭނުންވާ ފަރާތްތަކުން 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
28 L 1447
14 ޖޫން 2026
އަބްދުލް ހަންނާން
ކައުންސިލްގެ ނާއިބް ރައީސް
