ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓަރ
މަޤާމުގެ ރޭންކް: އެމް. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު: 1 (އެކެއް)
ސެކްޝަން / ޔުނިޓް: އިދާރީ
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ބ. ގޮއިދޫސްކޫލް
މަޤާމުގެ ގިންތި: ދާއިމީ
މުސާރަ: -/7،035 ރުފިޔާ
ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
މަޤާމުގެ ޝަރުޠުތައް:
1. އެކައުންޓިން/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމެންޓް/ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު/ އެކައުންޓިންގ/ ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ސްކޫލް މެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި، 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލްމެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމެންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. އެކައުންޓިން/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލްމެނޭޖްމެންޓް/ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
4. އެކައުންޓިން/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ސްކޫލް މެނޭޖްމެންޓް/ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯރސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްޢުލިއްޔަތުތަކާއި ވާޖިބުތައް:
1. ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭ ގޮތާއި، ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
2. އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން.
3. ސްކޫލްގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން.
4. ސްކޫލްގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.
5. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
6. ސްކޫލްގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.
7. ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން.
8. ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކްގެ އެންމެހައި ކަންތައް ބެލެހެއްޓުން.
9. ސްކޫލްގެ އެންމެހައި އިމާރާތްތައް މަރާމާތުކުރުވުމާއި ބެލެހެއްޓުން.
10. ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިމްތިޒާމްތައް ހަމަޖެއްސުން.
11. ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
1. ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަ ނުވާނަމަ، ޑިސްކޮލިފައިވާނެ)
2. ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.
3. ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.
4. ލިބިފައިވާ ހުނަރު: އިންޓަވިޔު / ޕްރެކްޓިކަލްސް
އިންޓަވިޔުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލްސް، 26 ޖަނަވަރީ 2016 އާއި 27 ޖަނަވަރީ 2016 އާ ދެމެދުގައި ބ. ގޮއިދޫ ސްކޫލުގައި އޮންނާނެއެވެ. ގަޑި އަންގައިލެވޭނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ޖަނަވަރީ 26 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުން އެދެމެވެ.
އުޖޫރައާއި ޢިނާޔަތްތައް:
ކަނޑައެޅިފައިވާ އުޞޫލްތަކާ އެއްގޮތްވާގޮތުގެމަތިން ތިރީގައިމިވާ ޢިނާޔަތްތައް ލިބޭނެ.
- އިތުރު ގަޑި / ބަންދު ދުވަސްތަކުގެ ފައިސާ.
- ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަށްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
2. ވަޒީފާއަށް އެދޭ ފަރާތްތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6600014 ނަމްބަރު ފޯނާއެވެ.
8 ރަބީޢުލްއާޚިރު 1437