ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ނޭޝަނަލް ޑްރަގް އެޖެންސީގެ ގ. ގްރީންގޭގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލުން

މި އޭޖެންސީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި އަމަލުކުރާނެ އުސޫލު" ގެ ދަށުން "ދުވަހު ނީލަމުގައި" ވިއްކާލުމަށް ބޭނުންވެއެވެ.

  1. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަން: ގ. ގްރީންގެ / އަލިކިލެގެފާނުމަގު / މާލެ
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 24 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި
  3. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
  4. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯނު ނަންބަރު: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން 13:00 އަށް 3312018 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވުމަށް ދަޢުވަތު އެރުވުމަށް އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖޫން 2026
ހޯދާ