ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓުގެ ޑޭޓަރސެންޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

         މި ޑިޕާޓްމަންޓުގެ ބެކްބޯން ނެޓްވޯކް އަޕްގްރޭޑް ކުރުން އަދި ޑިޕާޓްމަންޓަށް ބޭނުންވާ ފަޔާރވޯލް، ޑިސްޓްރިބިއުޝަން ނެޓްވޯކް ، އެޖް ނެޓްވޯކް އަދި އެކްސެސް ނެޓްވޯކަށް ބޭނުންވާ އިކިއުޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 17 ޖޫން 2026 ވަނަ ދުވަހުގެ 12:00 ހެނދުނު،  ގެ ކުރިން ތިރީގައިވާ މައުލޫމާތާ އެކު  މެއިލްކުރެއްވުމަށް  ދަންނަވަމެވެ.

- ހުށަހަޅާ ވިޔަފާރީގެ ނަން 

- ވިޔަފާރި ރަޖިސްޓަރީ ނަންބަރު އަދި އެސް.އެމް.އީ ރަޖިސްޓްރީ ނަންބަރު

- ގުޅޭނެ ފަރާތުގެ ނަން 

- މެއިލް އެޑްރެސް 

- ފޯނު ނަންބަރު 

 ވީމާ، މި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ، ސުންގަޑިއަށް 23 ޖޫން 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު، 10:00 އަށް މި ޑިޕާޓްމަންޓަށް(ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން / ތީމުގެ، އާބުރުޒުހިނގުން) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބެއް ހުށައެއް ނޭޅުއްވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެއެވެ.

 މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖޫން 2026
ހޯދާ