މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްވެހިގެ ކުއްޔަންދިނުމަށް ބޭނުންވެއްޖެ

އިޢުލާން

 

         

 ރައްވެހިގެ ކުއްޔަންދިނުމަށް ބޭނުންވެއްޖެ

 

           ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރައްވެހިގެ 25 އަހަރުދުވަހަށް ކުއްޔަންދިނުމަށްވަނީ ހަމަޖެހިފައެވެ.  

          ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  ރަސްގެތީމު ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރުން

11 ޖޫން 2026 އިން 18 ޖޫން 2026 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު ފަހު 13:00 އަށް ރަޖިސްޓްރީވުމަށް ރަސްގެތީމު ކައުންސިލް އިދާރާގެ މެއިލް އެ އެޑްރެސް: [email protected] އަށް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ރަސްގެތީމު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

24 ޖޫން 2026 ވާ ބުދަ ދުވަހުގެ 13:00 ގައި ރަސްގެތީމު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

            މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

11 ޖޫން 2026
ހޯދާ