މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުފަހަރަށް އުނދަގޫވާގޮތަށް މަގުތަކުގައި ތަކެތި ބަހައްޓާފައިވާ ހުރުމާ ގުޅޭ

އިޢުލާނު

 

 އެއްގަމު އުޅަނދުފަހަރަށް އުނދަގޫވާގޮތަށް މަގުތަކުގައި ތަކެތި ބަހައްޓާފައިވާ ހުރުމާ ގުޅޭ

         މި ރަށުގެ މަގުތަކަކީ އެންމެހައި ރައްޔިތުންނާއި އެއްގަމު އުޅަނދުފަހަރު ދަތުރުފަތުރުކުރުމަށް ބޭނުންކުރާ އާންމު ތަންތަނަށްވާއިރު، ފަހަކަށް އައިސް މަގުތަކުގެ އެކި ސަރަޙައްދުތަކުގައި ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ދަތިވާގޮތަށް ތަކެތި ބަހައްޓަމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް މަގުމަތީގައި ތަކެތި ބެހެއްޓުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ ކަމެކެވެ.

          ވީމާ، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިހުރި ޖޯލި އަދި މަގުގެ ދެފަރާތަށް ވާގޮތަށް ޕާކުކޮށްފައި ހުންނަ ސައިކަލު، ޕިކަޕު އަދި ބައިސްކަލު ފަދަ ތަކެތި އެފަދައިން ނުބަހައްޓާ މަގު އެއްފަރާތެއްގައި ޕާކު ކުރުމަށް އިލްތިމާސްކުރަމެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

             25  ޛުލްޙިއްޖާ   1447ހ

11 ޖޫން 2026
ހޯދާ