މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު- ފާރމް ހޭންޑް

ވަޒީފާގެ ފުރުޞަތު

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހިންގަމުންގެންދާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް"ގެ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:                  ފާރމް ހޭންޑް

ގިންތި:                 ކޮންޓްރެކްޓް (1 އަހަރު)

ބޭނުންވާ ޢަދަދު:            1

އަސާސީ މުސާރާ:           4,465 ރުފިޔާ  

ސާވިސް އެލަވަންސް:         1،500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:      700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     އަސާސީ މުސާރައިގެ 35%

ރިސްކް އެލަވަންސް:           ރިސްކް އެކުލެވޭ މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން ރިސްކު އެލަވަންސް

ފުޑް އެލަވަންސް:             މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކު 120 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:      ކ. މަނިޔަފުށި، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިއުޓް

މަތީގައި ބަޔާންކުރެވިފައިވާ އިނާޔަތްތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އެލަވަންސް ލިބޭނެއެވެ. އަދި، ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޯ ލެވެލް ހަދާފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އެލަވަންސް ތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް އިން ޑައުންލޯޑް ކުރެވޭނެއެވެ.

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ނުވަތަ މި މިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 13:00 ދެމެދު 3033484 ފޯނާއި ގުޅުއްވުން އެދެމެވެ.

 

 

11 ޖޫން 2026
ހޯދާ