ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޑެންގޫ ހުމުން ރައްކާތެރިވުމަށް ރަށުތެރެ ސާފުކުރުން
މި ރަށުގައި މިހާރު ފެތުރެމުންމިދާ ޑެންގޫ ހުމާ ގުޅިގެން، ރަށުތެރެ އިތުރަށް ސާފުކުރުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. ޑެންގޫ ފަތުރާ މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ނައްތާލުމަކީ މި ބަލި ކޮންޓްރޯލް ކުރުމަށް މިވަގުތު ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތަށް ވާތީ، ތިރީގައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.
- މީހުން ދިރިއުޅޭ ގޯތިތައް ސާފުކުރުން: ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުރި ހުރިހާ ތަކެތި (ހުސް ފުޅި، ދަޅު ފަދަ ތަކެތި) ނައްތާލައި، ގޯތިތެރެ ރަނގަޅަށް ސާފުކުރުން.
- ފަޅު ގޯތިތައް ސާފުކުރުން: މީހުން ދިރިނޫޅޭ ފަޅު ގޯތިތަކުގެ ވެރިފަރާތްތަކުން އެ ތަންތަން ސާފުކޮށް، މަދިރި އާލާނުވާނެހެން ކުނިބުނި ނަގައި ބެލެހެއްޓުން.
- ގެއާއި އިންވެގެން އޮންނަ މަގުތައް ސާފުކުރުން: ކޮންމެ ގެއަކާއި އިންވެގެން އޮންނަ މަގުތަކާއި ސަރަޙައްދު، އެގޭގެ ފަރާތުން ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
މިކަމަކީ މުޅި ރަށުގެ އެންމެހާ ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމާ ގުޅިފައިވާ މުހިންމު ކަމަކަށް ވާތީ، ހުރިހާ ފަރާތްތަކަކުން ވެސް މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދެމެވެ.
11 ޖޫން 2026
ހޯދާ
