ދިވެހިރާއްޖެ
މިކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް 43 ފެންފިލްޓަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް [email protected] ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 22 ޖޫން 2026 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް
ބީލަމުގައި ބައިވެރިވުމަށް 100/-ރ. (އެއްސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލައްވާނީ ރެޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ފޮނުވޭނެއެވެ.
- ބީލަން ބަލައިގަތުން: 30 ޖޫން 2026 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް.
- ބީލަންތައް ހުޅުވުން: 30 ޖޫން 2026 ވަނަ ދުވަހު 11:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް [email protected] އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
