ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

އިޢުލާނު

މަޤާމް

ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު

-

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި:

ދާޢިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 5 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން - މާލެ

މުސާރަ:

-/9495 ރުފިޔާ

މަގާމުގެ އެލަވަންސް:

-/2850 ރުފިޔާ

ޙާޒިރީ ޢިނާޔަތް:

75.00 ( ހާޒިރުވާ ކޮންމެ ދުވަހަކަށް )

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދަޢުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި ރިސެޕްޝަނުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި ފުރިހަމަ ޚިދުމަތް އެފަރާތްތަކަށް ފޯރުކޮށްދިނުން.
  2. ސްކޫލުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން ޖެމްސް، އީމެއިލް އަދި އެހެނިހެން ގޮތް ގޮތުން ސްކޫލްގެ އެންޓްރީއަށް އަންނަ ސިޓީ، ނޯޓް، ލިޔުން، ބިލު ފަދަ ތަކެތި ގަވާއިދުން އެންޓްރީކުރުމާއި ހަވާލުވެފައިވާ ވެރިއެއްގެ ސޮއިކުރުވާ އެ ތަކެތި ރައްދުވާފަރާތްތަކަށް ހަވާލުކުރުން.
  3. ސްކޫލުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިއެކި ފަރާތްތަކަށް ފޮނުވާންޖެހޭ ސިޓީ، ނޯޓު، ފަދަ ލިޔުންތައް ލިޔެ ތައްޔާރުކުރުމާއި، އެތަކެތި ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
  4. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކުގައި ޚިދުމަތްދިނުމަށް ބޭނުންކުރާ މީމިސް، ކޮށާރު، ފަދަ ޕޯޓަލްތައް މެދުވެރިކޮށް ދަރިވަރުން ސްކޫލަށް ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމާއި ގުޅޭ އެންމެހާ އިދާރީ މަސައްކަތްކުރުމާއި، މަޢުލޫމާތު އަދާހަމަކުރުން.
  5. ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ ޓެކްސްޓްފޮތާއި، ރިފަރެންސްފޮތްތައް ހޯދުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
  6. ސްކޫލުގައި ބޭއްވޭ ސްޓާފްމީޓިންގް، އެސް. އެމް. ޓީ. މީޓިންގް ފަދަ ބައްދަލުވުންތަކަށް މީޓިންގްރޫމްތައް އިންތިޒާމުކުރުމާއި، މީޓިންގ ޔައުމިއްޔާ މީޓިންގ އޮންނަ ދުވަހުން ފެށިގެން 2 ދުވަސް ތެރޭ އެޑްމިނިސްޓްރޭޓަރުލައްވާ ސޮއިކުރުވާ ފައިލްކުރުން.
  7. ސްކޫލުގެ ޔައުމިއްޔާ، ދުވަހުން ދުވަހަށް ލިޔެ ހަވާލުވެފައިވާ ވެރިއެއް ލައްވާ ސޮއިކުރުވާ ހަފްތާއަކު އެއްފަހަރު ފައިލްކުރުން.
  8. ސްކޫލުން ހަމަޖައްސާ ޑިއުޓީތާވަލްގައިވާ ގޮތުގެ މަތިން ސްކޫލް ހުޅުވާލެއްޕުން
  9. ސްކޫލް އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ސެކްޝަނުން ހޯދާއި ތައްޔާރުކޮށް ކަޑައެޅިފައިވާ ސުންގަޑިއަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއަށް ފޮނުވުން.
  10. ވާރކްޝީޓާއި ޓެސްޓް ޕޭޕަރތައް ލީޑިންގ ޓީޗަރުން ހަމަޖައްސަވާ އުޞޫލުގެ މަތިން އަދި އެތަކެތީގެ ބޭނުންހިފުމަށް ޓީޗަރުންނަށް ދަތިނުވާނޭގޮތުގެމަތީން ޕްރިންޓްކުރުން
  11. ޗާޕްކުރުމާއި ފޮޓޯކޮޕީ ބޭނުންކުރާ މެޝިނަރީއަށް ޖެހޭ މައްސަލަތައް ސްކޫލް މެނޭޖްމަންޓަށް ވަގުތުން އެންގުމާއި އެމައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރުން.
  12. ޗާޕުކުރުމުގައި ބޭނުންކުރަންޖެހޭ ކަރުދާސް، ދެލި ފަދަ ތަކެތި މަސައްކަތަށް ދަތިނުވާފަދަ ގޮތެއްގެ މަތިން ދުވަހުން ދުވަހަށް ހޯދުމާއި ހުސްވުމުގެ ކުރިން ބަޖެޓް ސެކްޝަންގައި އެތަކެއްޗަށް އެދިގެން ހޯދުން.
  13. ކޮންމެ ދުވަހަކު ޗާޕުކުރެވޭ ވާރކްޝީޓާއި އެސެސްމަންޓް ފަދަ ތަކެތި ދުވަހުން ދުވަހަށް ފައިލްކުރުން. އަދި ޕްރިންޓްކުރެވޭ ތަކެތީގެ ރެކޯރޑް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

 

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން.

 މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • އެކައުންޓިންގ  
  • އެކައުންޓިންގ އެންޑް ފައިނޭންސް
  • އެޑްމިނިސްޓްރޭޝަން
  • އޮޑިޓިންގ  
  • ބިޒްނަސް  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ
  • ބިޒްނަސް މެނޭޖްމަންޓް
  • ކޮމާރސް
  • ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ
  • ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ޓެކްނޯލޮޖީ
  • ކޮމްޕިއުޓަރ ޕްރޮގްރާމިންގ
  • ކޮމްޕިއުޓަރ ސައިންސް  
  • ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  
  • ކޮމްޕިއުޓިންގ  
  • ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  
  • އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް  
  • ފައިނޭންސް  
  • ފައިނޭންޝަލް މެނޭޖްމަންޓް  
  • ފައިނޭންޝަލް ޕްލޭނިންގ  
  • ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  • އިންފޮމޭޝަން ޓެކްނޮލޮޖީ  
  • އިންޓަރނަލް އޮޑިޓިންގ  
  • އިންވެންޓްރީ މެނޭޖްމަންޓް  
  • އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  • އިސްލާމިކް ފައިނޭންސް  
  • ލޮޖިސްޓިކްސް މެނޭޖްމަންޓް  
  • މެނޭޖްމަންޓް  
  • ނެޓްވަރކިންގ
  • އޮޕަރޭޝަންސް މެނޭޖްމަންޓް  
  • ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް  
  • ޕްރޮކިއުމަންޓް މެނޭޖްމަންޓް
  • ޕްރޮގްރާމިންގ  
  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  • ޕަބްލިކް ފައިނޭންސް  
  • ޕަބްލިކް މެނޭޖްމަންޓް  
  • ޕާޗޭސިންގް  
  • ކުއަންޓިޓީ ސަރވެއިންގ
  • ސްކޫލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް  
  • ސްކޫލް މެނޭޖްމަންޓް  
  • ސްކޫލް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން
  • ސޮފްޓްވެއަރ އިންޖިނިއަރިންގ
  • ސަޕްލައި ޗެއިން މެނޭޖްމަންޓް  
  • ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  • ވެބް ޑިވެލޮޕްމަންޓް  

 

ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް: އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

 

  https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (% 30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (% 5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (% 5)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 20)
  6. އިންޓަރވިއު (% 35)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖޫން 2026، 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

 

https://forms.gle/w7HW3rZLCu2mnM1x7

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ،18 ޖޫން 2026، އާއި 30 ޖޫން2026 އާ ދެމެދު، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން - މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3330633 އަށެވެ. އީ-މެއިލް ކުރާނީ hr@chsemale.edu.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

11 ޖޫން 2026
ހޯދާ