ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާކެޓިންގ އެޖެންސީއެއް ހޯދުން

އިޢުލާން

މާކެޓިންގ އެޖެންސީއެއް ހޯދުން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި އެޚިދުމަތްތައް ޕްރޮމޯޓް ކުރުމަށްޓަކައި މާކެޓިންގ ކެމްޕެއިނެއް ފަރުމާކޮށް ހިންގާނެ މާކެޓިންގ އެޖެންސީއެއް ބޭނުންވެއެވެ. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅާނީ 12 މަސްދުވަހަށް މަސައްކަތް ބަހާލައިގެންނެވެ. މަސައްކަތުގެ އަގު ހުށަހަޅާނީ ޕްރޮޕޯޒަލްގައިވާ މަސައްކަތް ކުރުމަށް ހުށަހަޅާ މަހު ފީ އެކެވެ. އަދި މި މަސައްކަތަށް ހޮވޭ އެޖެންސީގެ މުވައްޒަފެއް ކޯޕަރޭޝަނުގައި 12 މަސްދުވަހަށް ބޭސްކޮށްގެން މަސައްކަތްކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ނުވަތަ މަސައްކަތް ކޯޑިނޭޓްކުރާނެ އެހެން އިންތިޒާމެއް ހުށަހަޅަންވާނެއެވެ. މަސައްކަތުގެ ތަފުސީލު ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މަޢުލޫމާތު ސާފުކުރަން ކަނޑައެޅިފައިވާ ތާރީޚުގައި މި ކޯޕަރޭޝަނަށް ވަޑައިގަތުމުން ލިބިލައްވާނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މއ. ޖަންބުގަސްދޮށުގެ މަޖީދީމަގު ތިންވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތް ކޮށްދެއްވުމަށް ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ޕްރޮޕޯޒަލް ބަލައިގަތުމާއި ޕްރޮޕޯޒަލް ހުޅުވުން އޮންނާނީ 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މއ. ޖަންބުގަސްދޮށުގެ ތިންވަނަ ފަންގިފިލާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3000581 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

18 ޖަނަވަރީ 2016
ހޯދާ