ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ޖަވާހިރުލް ޤުރުއާން މުބާރާތް 1448" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

 ނަންބަރު: 258/258/2026/42(IUL)                      

އިޢުލާން

"ޖަވާހިރުލް ޤުރުއާން މުބާރާތް 1448" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

2026 ވަނައަހަރު ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ސްކޫލާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ޖަވާހިރުލް ޤުރުއާން މުބާރާތް 1448 ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

#

އުމުރުފުރާ

ނުބަލާކިޔެވުން

ބަލައިގެން ކިޔެވުން

ފެށޭކޮޅު

ނިމޭކޮޅު

ފެށޭކޮޅު

ނިމޭކޮޅު

1

6 އަހަރުން ދަށް

ފާޠިހާ 1 – ބަޤަރާ 76

އަޢުލާ 1 – ނާސް 6

1ވަނަ ފޮތް

 30 ވަނަ ފޮތް

2

8 އަހަރުން ދަށް

1 ވަނަ ފޮތް

30 ވަނަ ފޮތް

ފޮތް 1 – 2

ފޮތް 29 – 30

3

10 އަހަރުން ދަށް

ފޮތް 1 – 2

ފޮތް 29 – 30

ފޮތް 1 – 5

ފޮތް 26 – 30

4

12 އަހަރުން ދަށް

ފޮތް 1 – 3

ފޮތް 28 – 30

ފޮތް 1 – 7

ފޮތް 24 – 30

5

14 އަހަރުން ދަށް

ފޮތް 1 – 5

ފޮތް 26 – 30

ފޮތް 1 – 10

ފޮތް 21 – 30

6

16 އަހަރުން ދަށް

ފޮތް 1 – 7

ފޮތް 24 – 30

ފޮތް 1 – 15

ފޮތް 16 – 30

7

20 އަހަރުން ދަށް

ފޮތް 1 – 10

ފޮތް 21 – 30

ފޮތް 1 – 20

ފޮތް 11 – 30

8

26 އަހަރުން ދަށް

ފޮތް 1 – 12

ފޮތް 19 – 30

30 ފޮތް

9

27 އަހަރުން މަތި

މުސްހަފް އެއްކޮށް

މުސްހަފް އެއްކޮށް

 

10

ރަންތަރި

ނުބަލާކިޔެވުން

ބަލައިގެން ކިޔެވުން

 

ކޮންމެ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭނެ

މުސްހަފުގެ ބޭނުން ހިސާބަކުން

މުސްހަފުގެ ބޭނުން ހިސާބަކުން

 

ކޮންމެ އުމުރުފުރާއަކުންވެސް 1 ވަނަ،  2 ވަނަ އަދި  3 ވަނަ ހޮވޭނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ.  ހަމަ އެހެންމެ 26 އަހަރުން ދަށުގެ ބައިވެރިންގެ މެދުގައި، ކޮންމެ ގޮތްޕަކުންވެސް އެންމެ މޮޅު 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވޭނެއެވެ. އަދި މި މުބާރާތުގައި ހާއްސަ ވަނަތަކެއްގެ ގޮތުގައި ހާއްސައެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ވާނީ ''ރަންތަރި'' މި ނަމުން ނަންދެވިފައެވެ. އަދި އެދަރިވަރުންގެ ތެރެއިން ބައިވެރިވާ ކޮއްމެ ދަރިވަރަކަށްވެސް އެއްހަމައަކުން ހިތްވަރުދިނުމުގެ ގޮތުން ފައިސާގެ އިނާމު އަދި ޓްރޮފީ ދެވޭނެއެވެ.

މިމުބާރާތުގެ ވަނަތަކަށް ހޮވޭ 26 އަހަރުން ދަށުގެ ބައިވެރިންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

ކޮންމެ އުމުރުފުރާއަކުންވެސް ބަލައިގެން

ކޮންމެ އުމުރުފުރާއަކުންވެސް ނުބަލާ ކިޔެވުމުގެބައިން

1 ވަނަ -/2000 ރުފިޔާ

1 ވަނަ -/2000 ރުފިޔާ

2 ވަނަ -/1500 ރުފިޔާ

2 ވަނަ -/1500 ރުފިޔާ

3 ވަނަ -/1000 ރުފިޔާ

3 ވަނަ -/1000 ރުފިޔާ

 

ބަލައިގެން ކިޔެވުމުގެ ގޮފިން

ނުބަލާ ކިޔެވުމުގެ ގޮފިން

1 ވަނަ -/3000 ރުފިޔާ

1 ވަނަ -/3000 ރުފިޔާ

2 ވަނަ -/2000 ރުފިޔާ

2 ވަނަ -/2000 ރުފިޔާ

3 ވަނަ -/1500 ރުފިޔާ

3 ވަނަ -/1500 ރުފިޔާ

  

މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން

މުޅި މުބާރާތުގެ ނުބަލާ ކިޔެވުމުގެ ބައިން

1 ވަނަ -/10000 ރުފިޔާ

1 ވަނަ -/10000 ރުފިޔާ

 

މިމުބާރާތުގެ ވަނަތަކަށް ހޮވޭ 27 އަހަރުން މަތީ އުމުރުފުރާގެ ބައިވެރިންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

 

ބަލައިގެން ކިޔުމުގެ ބައިން

ނުބަލާ ކިޔުމުގެ ބައިން

1 ވަނަ -/5000 ރުފިޔާ

1 ވަނަ -/5000 ރުފިޔާ

2 ވަނަ -/3000 ރުފިޔާ

2 ވަނަ -/3000 ރުފިޔާ

3 ވަނަ  -/2000 ރުފިޔާ

3 ވަނަ  -/2000 ރުފިޔާ

  

މިމުބާރާތުގައި ބައިވެރިވާ ރަންތަރި (ޚާއްސައެހީތެރިކަމަށް ބޭނުންވާ ދަރިވަރުން) އަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

ބަލައިގެން ކިޔުމުގެ ބައިން

ނުބަލާ ކިޔުމުގެ ބައިން

ބައިވެރިވާ ކޮންމެ ދަރިވަރަކަށް -/2000 ރުފިޔާ

ބައިވެރިވާ ކޮންމެ ދަރިވަރަކަށް -/2000 ރުފިޔާ

 

މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ސްކޫލް ނުވަތަ ހަނިމާދޫ ކައުންސިލްގެ އިދާރާއަށެވެ. މުބާރާތުގެ އުޞޫލު އަދި ބައިވެރިވުމުގެ ފޯމް މި ކައުންސިލްގެ ވެބްސައިޓާއި މި އިދާރާއިން އަދި ހަނިމާދޫ ސުކޫލުން ލިބިވަޑައި ގަންނަވާނެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00 އަށް ކައުންސިލް އިދާރާ އަދި ހަނިމާދޫ ސްކޫލު ކައުންޓަރުންނެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 18 ޖޫން 2026 ވަނަ ދުވަހުގެ 13:00 އެވެ.

 

ނޯޓް: މުބާރާތް ކުރިއަށްދާނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މުޅި މުބާރާތް ކައުންސިލްގެ ފަރާތުން ވިލަރެސް ކުރައްވާނީ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުޙައްމަދު އެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

  

                          24 ޛުލްޙިއްޖާ 1447

                            10 ޖޫން 2026

10 ޖޫން 2026
ހޯދާ