ދިވެހިރާއްޖެ
ޞިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން،އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް" (އެސް.ޖީ.އައި.އައި) މަޝްރޫޢުގެ ދަށުން، މަދަނީ ޖަމުޢިއްޔާތަކަށް މާލީ އެހީ (ގްރާންޓް) ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އެސް.ޖީ.އައި.އައި މަޝްރޫޢުގެ ތެރެއިން "މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2026-2022)" އާއި "އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2028-2025)" ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ސިޓީ އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ފަންނީ އިރުޝާދާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި އެހީ ޚާއްސަކުރެވިފައިވަނީ ގެވެށި އަނިޔާއާއި، ވަކި ޖިންސަކަށް ވީތީ ކުރެވޭ އަނިޔާ ހުއްޓުވުމަށާއި، އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކަށެވެ. މިކަމާ ގުޅޭ އުސޫލު، މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ. މި އުސޫލުގައި ގްރާންޓަށް ހުށަހެޅޭނެ ދާއިރާތަކާއި، ހިންގޭނެ ސަރަހައްދުތަކުގެ އިތުރުން، އިދާރީ އަދި މާލީ ކަންކަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ހިމެނިފައިވާނެއެވެ.
ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅުން:
- ސުންގަޑި: 8 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.
- ހުށަހަޅަންވީ ގޮތް: އުސޫލުގެ ޖަދުވަލު 1 ގައިވާ ނަމޫނާއާ އެއްގޮތަށް [email protected] އަށް އީމެއިލް މެދުވެރިކޮށް. (ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ކިޔަން ސާފުވާނެހެން، އެއް ފައިލެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެޓުގައެވެ.)
އީމެއިލް ލިބުމުން، އެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މި ވުޒާރާއިން ލިޔެކިޔުންތައް ލިބުނުކަން އަންގާ އީމެއިލެއް ފޮނުވާނެއެވެ.
މަޢުލޫމާތު ސެޝަން:
މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަން އޮންނާނީ 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ. މި ސެޝަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 17 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ލިންކް: މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ރަޖިސްޓްރީކުރުން – Fill out form
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯނު: 3027538 (ރަސްމީ ގަޑީގައި)
- އީމެއިލް: [email protected]
