ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ޕަންޕު ހަޓް ހެދުމަށް ކޯޓޭޝަން ހުށަހެޅުން

މަސްޖިދުލް ޚައިރާތުގެ ޕަންޕުހަޓް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

 

 

މިއިދާރާއިންދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، މަސްޖިދުލް ޚައިރާތުގެ ޕަންޕުހަޓް ހެދުމުގެ މަސައްކަތް ކުރުމަށްޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ކުރެވުނު ނަންބަރ: (IUL)263/263/2026/36 އިއުލާލަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ މިމަސައްކަތަށް ކޯޓޭސަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖޫން 17 ވަނަ ދުވަހުގެ 10:30އަށް ހދ. ނެއްލައިދޫ ކައުންސިލް އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ޕްރޮކިއުމަންޓް ޔުނިޓް

  • ނެއްލައިދޫ ކައުންސިލް އިދާރާ / ހދ. ނެއްލައިދޫ
  • ފޯން:  6520041
  • އީމެއިލް: [email protected]

 

                          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

10 ޖޫން 2026
ހޯދާ