ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
ޤުރްއާން ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ޤުރްއާން ޓީޗަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް: ދ.ހުޅުދެލި ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ދ.ހުޅުދެލި ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސިލަބަހާ އެއްގޮތްވާގޮތުގެމަތިން ކީސްޓޭޖް: 1، 2 ގެ ދަރިވަރުންނަށް ކިޔަވައިދިނުން.
  • ސްކޫލުގެ ވަސީލަތްތައް ފައިދާހުރިގޮތުގައި ބޭނުންކޮށް ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރުން.
  • ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.
  • ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
  • ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  • މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުން ބަދަހި ގުޅުމަކަށް ހެދުން.

ދާއިމީ މަޤާމުގެ ޝަރުޠު:

މިމަޤާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅުންގެ މަޤާމު ހަމަޖައްސާނީ ތިރީގައިމިވާ ގޮތަށް އެބޭފުޅަކަށް ލިބިލައްވާފައިވާ ސެޓުފިކެޓުގެ ލެވެލަށް ބަލައިގެންނެވެ.

މަޤާމުގެ ނަން

މުސާރަ

މަޤާމުގެ ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

ސީނިއަރ ޓީޗަރ

10,640.00

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2

އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2

އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

 

 

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2

އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

 

 

 

9910.00

 

CS15-2

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ

ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި

އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ

ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ

ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް

ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް

ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ

ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ

ސަނަދެއް  ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ

ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް

ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ

ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން

ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

9850.00

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ގެ ރޭންކުގައި މަދުވެގެން 2

އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

9360.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ގެ ރޭންކުގައި މަދުވެގެން 2

އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

8890.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު

މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2

އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

8440.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ

ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން

ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛

ޓީޗަރ

8250.00

 

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ގެ ރޭންކުގައި މަދުވެގެން 2

އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން

ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7840.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 

އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

7450.00

 

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ގެ ރޭންކުގައި މަދުވެގެން 2

އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން

2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

7070.00

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް

5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއެކު،

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން. އަދި ސެން

ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

އިތުރު އެލަވަންސްތައް:

- ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/2،500 ރުފިޔާ ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

އެކްރެޑިޓްކޮށްފައި ހުށަހަޅާ، ކިޔަވައިދިނުމާ ގުޅޭ ސެޓުފިކެޓުތަކަށް ކޮލިފިކޭޝަން އެލަވަންސް ލިބޭނެއެވެ.

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން.

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން.

2- ކޮންޓްރެކްޓް ވަޒީފާގެ ޝަރުޠު:

- މި މަޤާމަށް ޤާރީކޯހުގެ ސެޓުފިކެޓު ލެވެލް 4 ގެ ސެޓުފިކެޓ ހާސިލުކޮށްފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ.

- މިމަޤާމަށް މަތީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތައް ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ، ޤާރީ ކޯހުގެ ސެޓުފިކެޓު 2 , 1 ، ނުވަތަ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

- ގްރޭޑް 10 ނުވަތަ 7 ނިންމާފައިވުމާއެކު މާއްދާއާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި

  • ޤުރްއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށްފައިވުން. ނުވަތަ،
  • ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަދަ 10 ވަނައިގައި ހިމެނިފައިވުން. ނުވަތަ،
  • ޤުރްއާން ކިޔެވުމުގެ އަތޮޅު މުބާރާތުގެ ގަދަ 5 ގައި ހިމެނިފައިވުން.

ކޮންޓްރެކްޓް ދަށުން ވަޒީފައިވާ ހަމަޖައްސާ ފަރާތްތަކަށް ދެވޭ މުސާރަ: މަހަކު -/5020 ރުފިޔާ

3- ރިސޯސް ޓީޗަރުންގެ ޝަރުޠު:

މިމަޤާމަށް މަތީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތައް ރިސޯސް ޓީޗަރެއްގެ ގޮތުން ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- ތަޖުވީދުމަގަށް ޤުރްއާން ކިޔަވަން އެނގޭ ފަރާތެއްކަން ސްކޫލުން ކަނޑައަޅާ އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން.

(ރިސޯސް ޓީޗަރުން ކިޔަވައިދެއްވާނީ ސްކޫލުގެ އިސްލާމީ ޓީޗަރުންގެ ނުވަތަ ލީޑިންގ ޓީޗަރުގެ ސްޕަވިޝަންގެ ދަށުންނެވެ.)

ރިސޯސް ޓީޗަރެއްގެ ގޮތުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް އެލަވަންސް ދެވޭނީ މާސްޓަރ ޓައިމްޓޭބަލާ އެއްގޮތަށް ކްލާސްރޫމްގައި ކިޔަވައިދެވޭ ކޮންމެ ޕީރިއަޑަކަށް -/60 (ފަސްދޮޅަސް ރުފިޔާ) އެވެ. ޕީރިއަޑެއްގެ ދިގުމިނަކީ ޢާންމު 35 މިނެޓާއި 45 މިނެޓާ ދެމެދެވެ.

- ރިސޯސް ޓީޗަރެއްގެ ގޮތުން މި މަޤާމަށް ހޮވޭ ފަރާތްތަކަށް މުސާރަ ދިނުމުގައި ޢަމަލު ކުރެވޭނީ " ރިސޯސް ޓީޗަރުން ގެންގުޅުމާބެހޭ އުސޫލު" ގެ ދަށުންނެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

އިންޓަރވިއުކުރުން 

  • މިމަޤާމަށް މީހަކަށް ހޮވުމުން އިންޓަރވިއުކުރުން އޮންނާނީ 2016 ޖަނަވަރީ 22 އިން 26 އާ ދެމެދުގެ ތާރީޚެއްގައި މި ސްކޫލްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

- ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު www.csc.gov.mv އިން ލިބެން ހުންނާނެއެވެ. އަދި ފޯމު ސްކޫލު އޮފީހުންވެސް ލިބެން ހުންނާނެއެވެ.)

- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުންތައް

- ސަރުކާރުގެ ވަޒީފާގައި ހުރި ނުވަތަ ސިވިލްސަރވިސްއަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ މިވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން.

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ 

- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ސްކޫލަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިންނެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 7952918 ފޯނާ ގުޅުއްވުން އެދެމެވެ.

3 ރަބީޢުލްއާޚިރު 1437

13 ޖަނަވަރީ 2016
ހޯދާ