މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ފުޑް ސެކިއުރިޓީގެ ގަސް އިންދުމަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރއަށް ޑެލިވަރކުރުން

މި މިނިސްޓްރީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ފުޑް ސެކިއުރިޓީގެ ގަސް އިންދުމަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރއަށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)30-P1/30/2026/53 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މި މިނިސްޓްރީއަށް (ސްޓަރ ކްލައުޑްސް ބިލްޑިންގ 5 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

   މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309331 އަދި 3309333 ނަންބަރު ފޯނަށެވެ.

10 ޖޫން 2026
ހޯދާ