މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"20 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026" އާއި ގުޅޭ

 

އިޢުލާނު

 

"20 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026" އާއި ގުޅޭ

 

              ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން 2026 ޖޫން 25 ގައި ފެށުމަށް ހަމަޖެހިފައިވާ "20 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026" ގައި އޭދަފުށީ ޓީމެއް ބައިވެރި ކުރުމަށްވަނީ ނިންމާފައެވެ.

              ވީމާ، މި މުބާރާތުގައި ޓީމެއް ބައިވެރި ކުރުމަށް ބޭނުންވާ ކްލަބް ޖަމްޢިއްޔާތަކުން 2026 ޖޫން 14 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ޕްރޮޕޯސަލް ފޮނުއްވުން އެދެމެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

             24  ޛުލްޙިއްޖާ   1447ހ

10 ޖޫން 2026
ހޯދާ