ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކޮއްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކުރުމުގެ މަސައްކަތް
ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކޮއްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ
(ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.
- ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކޮއްދޭނެފަރާތެއް ހޯދުމަށް ބޭނުންވާތީ މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ޖޫން 10 އިން 2026 ޖޫން 14 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2026 ޖޫން 16 ވަނަ ދުވަހުގެ 11:00 ގަ އެވެ.
- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ރަތަފަންދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
- މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލް ކުރެއްވޭނީ އެއްފަރާތެވެ. ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި ސްކޫލާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- ރަތަފަންދޫ ސްކޫލް
- ގދ ރަތަފަންދޫ/ދިވެހި ރާއްޖެ
- ފޯން: 7983087/7948877
- އީ.މެއިލް: [email protected]
- ބިޑް ރަޖިސްޓްރޭޝާން ޕޯމް ލިންކް: https://forms.gle/PKFGSujp3QCvbgvW7
- މަގު: އަމީނީމަގު
10 ޖޫން 2026
ހޯދާ
