ދިވެހިރާއްޖެ
އިޢުލާން
އިންނަމާދޫ ވޮލީ ދަނޑު ވަގުތީ ގޮތުން ބަންދުކުރުމާއި ގުޅޭ:
ސްޕޯޓްސް އެރީނާ ހިމެނޭ ސަރަހައްދުގައި ޤާއިމްކޮށްފައިވާ ވޮލީ ދަނޑު ނުވަތަ އެހެނިހެންވެސް އެފަދަ ބިންތަކަކީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ތަންތަނެވެ. އަދި އެފަދަ ތަންތަނަކީ ކުޅިވަރަށް ލޯބިކުރާ ހަމަ ކޮންމެ ފަރާތަކަށްވެސް ހަމަހަމަ ގޮތެއްގައި ބޭނުންކުރެވޭނެ ތަންތަނެވެ. އެހެން ނަމަވެސް މިރަށުގައި މިހާރު ބޭނުންކުރަމުން ގެންދާ ވޮލީ ދަނޑުގައި އަންހެނުން އަދި ފިރިހެނުން ކުޅެމުންދާއިރު ދެފަރާތުގެ ދެމެދުގައި ހަމަނުޖެހުން އުފެދި އަދި ވޮލީ ދަނޑުގައި ހުރި ވަސީލަތްތަކަށް ބަޔަކު ގެއްލުން ދެމުން ގެންދާތީ އެކަން މިކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. ހަމަޔަގީނުންވެސް ކައުންސިލެއް ހިންގުމުގައި އެންމެ އިސް އެއްކަމަކަށްވާނީ މުޖުތަމައުގެ މަސްލަހަތެވެ.
އެހެން ކަމުން ދެޖިންސުގެ ބޭފުޅުންނަށް ކުޅެވޭ ގޮތަށް ވޮލީ ދަނޑުގެ އެންމެހާ އިންތިޒާމްތައް ކުރިއަށް ގެންގޮސް ވީއެންމެ އަވަހަކަށް ދެޖިންސަށް ހަމަހަމަވާ ގޮތަށް ވޮލީ ކުޅެވޭނެ އިންތިޒާމް މިކައުންސިލުން ހަމަޖައްސާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، ދެންނެވުނު އިންތިޒާމްތައް ކައުންސިލުން ކުރިއަށް ގެންދިއުމަށްޓަކައި މިއަދުން ފެށިގެން ވޮލީ ދަނޑު (ޓާފް އަދި ވެލި ދަނޑު) ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ދަނޑު ބަންދު ކޮށްފައިވަނިކޮށް އެއްވެސް ބަޔަކު އެތާގައި ވޮލީ ކުޅޭނަމަ އެކަން ހުއްޓުވުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިކައުންސިލުން އަޅާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
