ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ މަސްފެންގަނޑުގައި ހުރި މަސްތައް ނީލަން ކިއުމާއި ގުޅޭ

އިޢުލާން

ކުޑަކުދިންގެ ޕާކްގެ މަސްފެންގަނޑުގައި ހުރި މަސްތައް ނީލަން ކިއުމާއި ގުޅޭ

ކުޑަކުދިންގެ ޕާކްގެ މަސްފެންގަޑުގައި ހުރި މަސްތައް ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި 

ނީލަން އޮންނަ ދުވަސް:

11 ޖޫން 2026  

ގަޑި:

ހަވީރު: 16.30 ގައި

ނީލަން އޮންނަ ތަން:

ކުޑަކުދިންގެ ޕާކް ގޯތިތެރެ މަސްފެންގަނޑު ކައިރި

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

ޢަދަދު

ބާވަތް

ނީލަން ފެށޭއަގު

18

މަސް  (05  ކުދިމަސް  13ބޮޑެތިމަސް )

2000.00 ރ

 

 

 

މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 11 ޖޫން 2026 ދުވަހުގެ ރޭ 18.00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ 7714700413001 ގެ ނަމްބަރ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު ޓްރާންސްފަރ ކުރި ސްލިޕް ލިބުމަށް ފަހުގައެވެ. 18:00 ގެ ކުރިން ފައިސާ ނުފޮނުވާ ފަރާތްތަކުން ނީލަމުންނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރި ކަމުގެ ލިއުން ކައުންސިލުން ދިނުމުންނެވެ.

ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 11 ޖޫން  2026 ދުވަހުގެ ރޭ 20.00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި ކައުންސިލުން ބޭނުންވާގޮތަށް އެތަކެއްޗާއި މެދު ޢަމަލު ކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖޫން 2026
ހޯދާ