|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
|
ޑިޕާޓްމަންޓް
|
ޕްރޮގްރާމްސް / މޮނިޓަރިންގ އެންޑް މީޑިއާ ޔުނިޓް
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ގާނޫނީ ދާއިރާ، ޕަބްލިކް/ބިޒްނަސް މެނޭޖަމަންޓް، ޕަބްލިކް/ސޯޝަލް ޕޮލިސީ، ކޮމިއުނިކޭޝަން، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް/ޕްރޮގްރާމް ޑިވެލޮޕްމަންޓް ނުވަތަ މި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ (ލެވަލް 7) ހާސިލްކޮށްފައިވުން.
ނުވަތަ،
- ގާނޫނީ ދާއިރާ، ޕަބްލިކް/ބިޒްނަސް މެނޭޖަމަންޓް، ޕަބްލިކް/ސޯޝަލް ޕޮލިސީ، ކޮމިއުނިކޭޝަން، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް/ޕްރޮގްރާމް ޑިވެލޮޕމަންޓް ނުވަތަ މި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (ލެވަލް 5) ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލްކޮށްފައިވުން.
|
|
މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީހުގެ މަސައްކަތްތަކާއި އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކާއި އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރުމަށް ކޮންޓެންޓް އުފައްދާ، ސެކްޝަންގެ އިސްވެރިއެއްގެ ލަފާގެ މަތިން ޝާއިއުކުރުން.
- ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭ މެސެޖުތަކާއި ސުވާލުތައް މޮނިޓަރކޮށް، އެ ފަރާތްތަކަށް ޖަވާބުދީ އެހީތެރިކަން ފޯރުކޮށްދިނުން.
- އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ޚަބަރާއި މައުލޫމާތު ވެބްސައިޓްގައި ޤަވާއިދުން އަޕްޑޭޓް ކުރުން.
- ޓްރެއިނިންގތަކާއި އެވެއާރނަސް ސެޝަންތަކުގައި ބޭނުންކުރާ ޕްރެޒެންޓޭޝަންތައް އަދި އެހެނިހެން މެޓީރިއަލްސް ތައްޔާރުކުރުން.
- އިންފޮމޭޝަން އޮފިސަރުންނާއި މުރާޖަޢާ ކޮމިޓީގެ މެންބަރުންގެ މައުލޫމާތުތައް މޮނިޓަރ ކުރުމާއި އަދާހަމަކޮށް ބަލަހައްޓާ، މަހޯލި ޕޯޓަލްއަށް އެކްސެސް ދިނުމާއި ގުޅޭ މަސައްކަތް ކުރުން.
- އާރު.ޓީ.އައި އާ ގުޅޭ ރިޕޯޓްތަކާއި ތަފާސް ހިސާބު ބެލެހެއްޓުމާއި ނިއުސްލެޓަރ ފަދަ ތަކެތި ތައްޔާރުކުރުމާއި، އޮފީހުގެ މަސައްކަތްތަކާގުޅޭ އަހަރީ ރިޕޯޓާއި، ހާފް އިޔަރ ރިޕޯޓު އެކުލަވާލުމުގައި އިދާރީ ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވޯރކްޝޮޕް އަދި ކޮންފަރެންސްތައް ރާވާ ހިންގުމާއި އެފަދަ ޕްރޮގްރާމްތަކުގައި ސެޝަން ނަގައިދުން.
- މަސައްކަތާއި ގުޅުންހުރި ދާއިރާއިން އަންނަ ފޯނުކޯލުތަކާއި އީމެއިލް އަށް ޖަވާބުދާރީވުން.
- ކޮންމެ ދުވަހެއްގެވެސް ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް އެދުވަހުގެ ޔައުމިއްޔާ ނޯޓު ކުރުން.
- މަތީގައިވާ މަސައްކަތްތަކުގެ އިތުރުން ރަސްމީ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.
|
|
އުޖޫރައާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ: (މަހަކު) -/7,000 ރުފިޔާ.
- ސަރވިސް އެލަވަންސް: (މަހަކު) -/3,000 ރުފިޔާ
- އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ / ތަޖުރިބާގެ ލިޔުން
|
|
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާގޮތް:
|
18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމުތައް ފޮނުވާނީ އޮފީހުގެ އީމެއިލް [email protected] އަށެވެ.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ.
މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.
މި މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.
|