|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
|
ޑިޕާޓްމަންޓް
|
ކޯޕަރޭޓް އެފެއާޒް / އެޑްމިން ޔުނިޓް
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ފައިނޭންސް ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ނުވަތަ މި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ފުރަމަ ޑިގްރީ (ލެވަލް 7) ހާސިލްކޮށްފައިވުން.
ނުވަތަ،
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ފައިނޭންސް ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ނުވަތަ މި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (ލެވަލް 5) ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީހުގެ އަހަރީ މަސައްކަތު ޕްލޭން އެކުލަވާލުމަށްޓަކައި ޑިޕާޓްމަންޓްތަކާ ކޯޑިނޭޓް ކުރުމާއި، އަހަރީ މަސައްކަތު ޕްލޭން މޮނިޓަރ ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
- އޮފީހުގެ އިންޓާނަލް ކޮމިޓީތަކުގެ މަސައްކަތާއި، އިންޓާނަލް ކޮމިޓީތަކުގެ ބައްދަލުވުން އިންތިޒާމް ކުރުމާއި، ބައްދަލުވުންތަކުގެ ރިކޯޑް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
- އޮފީހުގެ އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި، އަހަރީ ރިޕޯޓް އެކުލަވާލުމަށް ޑިޕާޓްމަންޓްތަކާއި ކޯޑިނޭޓްކޮށް ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
- އޮފީހަށް އަންނަ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ، އެންޓްރީކޮށް، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ހަވާލުކުރަންޖެހޭ ފަރާތްތަކަށް އެ ތަކެތި ހަވާލުކުރުން.
- އޮފީހަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުމާއި، ގުޅާފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
- އޮފީހަށް ލިބޭ ލިޔުންތަކާއި ފޮނުވޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- އޮފީހުން ޖަވާބު ދޭންޖެހޭ ލިޔުންތަކަށް ވެރިން އަންގާ ގޮތެއްގެ މަތިން ޖަވާބުދިނުން.
- އޮފީހަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް ޖަވާބުދާރީވެ މަގުފަހި ކޮށްދިނުން.
- ކޮންމެ ދުވަހެއްގެވެސް ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް އެދުވަހުގެ ޔައުމިއްޔާ ނޯޓު ކުރުން.
- މަތީގައިވާ ކަންކަމުގެ އިތުރުންވެސް ރަސްމީ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން
|
|
އުޖޫރައާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ: (މަހަކު) -/7,000 ރުފިޔާ.
- ސަރވިސް އެލަވަންސް: (މަހަކު) -/3,000 ރުފިޔާ
- އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ / ތަޖުރިބާގެ ލިޔުން
|
|
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާގޮތް:
|
18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމުތައް ފޮނުވާނީ އޮފީހުގެ އީމެއިލް [email protected] އަށެވެ.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ.
މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.
މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.
|