ދިވެހިރާއްޖެ
އިޢުލާން
ކާބޯތަކެއްޗާއި ފެނާއި ބޭހުގެ ބާވަތްތަކުގެ ރައްކާތެރިކަމާއި ފެންވަރު ދެނެގަތުމަށް ކުރެވޭ ތަހުލީލުތަކަށް ބޭނުންވާ ކެމިކަލްއާއި ކޮންސިއުމަބަލްސް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 9 ޖޫން 2026 ވާ އަންގާރަ ދުވަހުން ފެށިގެން 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 ޖޫން 2026 ވާ ބުދަ ދުވަހު މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
23 ޛުލްޙިއްޖާ 1447ހ
