ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
"ޓުވަޑްސް ރިސްކް-އެވެއްރ އެންޑް ކްލައިމެޓް ރެސިލިއަންޓް ކޮމިއުނިޓީސް (ޓްރެކްޓް)" މަޝްރޫއަށް ބަޖެޓް އޮފިސަރެއް ހޯދުމާއި ގުޅޭ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން ކުރިޔަށް ގެންދާ "ޓުވަޑްސް ރިސްކް-އެވެއްރ އެންޑް ކްލައިމެޓް ރެސިލިއަންޓް ކޮމިއުނިޓީސް (ޓްރެކްޓް)" މަޝްރޫއު އަށް ބަޖެޓް އޮފިސަރެއްގެ މަގާމަށްކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަގާމަށް ހޮވޭފަރާތް މަސައްކަތްކުރައްވާނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގައި ގާއިމުކުރެވޭ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައެވެ.
މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، ޕްރޮޖެކްޓް މުވައްޒަފެއްނަމަ ޕްރޮޖެކްޓް ޑިރެކްޓަރގެ 'ނޯ އޮބްޖެކްޝަން' ސިޓީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ، 18 ޖޫން 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައް ކަމުގައި ދަންނަވަމެވެ.
ހިއުމަން ރިސޯސް ޑިޕާރޓްމަންޓް،
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
ދަރުބާރުގެ ފާޝަނާ މާލަމް، 20344، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3018300
ވެބްސައިޓް: www.environment.gov.mv
ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އަށް ލިބިގެންވެއެވެ.
