ދިވެހިރާއްޖެ
މިސްކޫލްގައި އުފެދޭކުނި އެއްއަހަރު ދުވަހުގެ މުއްދަތަށް އުކާލުމުގެ މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ޖޫން 17 ވާ ބުދަ ދުވަހު މެންދުރު 12:00 ގެކުރިން ދެވިފައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވަމެވެ.
ބިޑް ރަޖިސްޓްރީ ފޯމްގެ ލިންކް: https://forms.gle/LmVyQvPvTPT4jfua8
މިމަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
މައުލޫމާތު ޝީޓް މި އިއުލާންއާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
މި މަސައްކަތާއި ގުޅިގެން ނުވަތަ އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖޫން 17 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެކުރިން [email protected] އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބިޑް ހުޅުވުން އޮންނާނީ 2026 ޖޫން 18 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ސްކޫލް އޮފީހުގައެވެ.
- ނޯޓް : ބިޑް ހުށަހެޅޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. ބިޑް ސަބްމިޝަން ސެސަންއަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެންމެ ބިޑެކެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.
ތ.އަތޮޅު ތައުލީމާ މަރުކަޒު / ތ.ތިމަރަފުށި، ދިވެހިރާއްޖެ
ފޯން: 6780015
އީ-މެއިލް: [email protected]
