ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން އަތޮޅުތެރޭގައި ހިންގާ ކޯސްތަކުގައްޔާއި އަތޮޅުތެރޭގައި ހިންގާ މި މަރްކަޒުގެ ގޮފިތަކުގައި ހިންގާ ކޯސްތަކުގައި ކިޔަވައި ދެއްވާނެ ރިސޯސް މުދައްރިސުން ބޭނުންވެއެވެ. ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ފިނޭ، ނޭކުރެންދޫ، ނޮޅިވަރަން، ނ. މަނަދޫ، ރ. އަލިފުށި، މާކުރަތު، ދުވާފަރު، ބ. ހިތާދޫ، ޅ. ނައިފަރު، ކ. ކާށިދޫ، ދިއްފުށި، އދ. މާމިގިލި، ހަންޏާމީދޫ، މ. މުލައް، މަޑުއްވަރީ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ލ. ގަން، ކުނަހަންދޫ، ފޮނަދޫ، މާވަށް، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ. މަރަދޫ އެވެ.
ބޭނުންވާ އަދަދު: 27
މުސާރަ:
އެމް. ކިޔު. އޭ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/100 ރުފިޔާ
އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ 8ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/150 ރުފިޔާ
އެމް. ކިޔު. އޭ ލެވެލް 9 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ
ޝަރުޠު: ޤުރްއާން މުދައްރިސް ކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
މުއްދަތު:
ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓްކުރެވޭނީ 6 މަސް ދުވަހުގެ މުއްދަތަށެވެ.
6 މަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.
ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކާއެކު ލިބިވަޑައިގެންފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މުދައްރިސުން ހޮވުމުގައި ކޯސް ހިންގުމަށް ހަމަޖެހިފައިވާ ރަށުގައި ދިރިއުޅުއްވާ ކިޔަވައިދިނުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
26 ރަބީޢުލްއައްވަލް 1437