ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މި ސުކޫލު އޭސީ ކުރުމަށްޓަކައި، ކަރަންޓް ވިއުގައަށް ގެންނަންޖެހޭ ބަދަލުތަކާއި އިމާރާތްތަކުގެ ދޮރުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ސުކޫލުގެ ކުލާސްރޫމްތަކާއި ހޯލް އޭސީ ކުރުމުގެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
2. މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 14 ޖޫން 2026 ގެ ކުރިން މި އިޢުލާނާއެކީ މިވާ އޮންލައިން "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރުމަށް ދަންނަވަމެވެ. ބިޑް ރެޖިސްޓްރޭޝަން ފޯމް: https://docs.google.com/forms/d/e/1FAIpQLScdYunoHKqm1OuDjvwR6SoS-q9v5Ok8ez4fLh0WiGgrhQrzHg/viewform?usp=header ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ހިރިމަރަދޫ ސްކޫލްގެ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމާއި އަދި އޭސީކުރުމަށް ބޭނުންވާ ކަރަންޓް ވިއުގަ އަޕްޑޭޓްކުރުމާއި، ދޮރުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
4. ބިޑް ހުށަހެޅުން އޮންނާނީ 21 ޖޫން 2026 ވާ އާދިއްތަ ދުވަހު 11:00 ގައި ހދ. ހިރިމަރަދޫ ސްކޫލްގައެވެ.
5. މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރީ ބިޑް އޮންނާނީ 16 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.
6. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ޖޫން 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
7. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
8. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
9. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520536 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
09 ޖޫން 2026
