ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތައް ސާފުކުރުން.

ރަށުގެ ހޭޅިފަށާއި ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަކީ ރަށުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ފަރުދީ ޒިންމާއެއް ކަމުގައިވާހިނދު، މިރަށުގެ މަގުތަކާއި ގޯޅިތައް އަދި ހޭޅިމަތި ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި، އެބައަކު ދިރިއުޅޭ ގޭގެ މަގުމައްޗާއި ގޯޅިފަދަ ތަންތަން ކުނިކަހައި ވިނަނޮޅައި ސާފުކުރުމަށާއި އަދި މަގުމައްޗަށް ވާގޮތަށް ހައްދާފައިވާ ގަސްގަހާގެހީގެ ގޮފިތައް (ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް) އުނދަގޫ ނުވާ ވަރަށް ދިހަ ފޫޓަށް ކޮށްޓަވައި، އިދާރާގެ ހުއްދަ ނުނަގައި މަގުގެފާރުކައިރީގައި ބަހައްޓާފައިވާ އެންމެހާތަކެތި 01 ޖުލައި 2026ވަނަ ދުވަހުގެ ކުރިން މަގުމަތިން ނަންގަވައި މަގުމަތި ސާފުކޮށްދެއްވުން އެދެމެވެ.

                 މަތީގައި ދަންނަވާފައިވާ މުއްދަތުގެ ތެރޭގައި މަގުމަތީ ނުނަގައި ހުންނަ ތަކެއްތި ނެގުމަށް ކުރިއޭ އެއްގޮތަށް މިއިދާރާގެ ފަރާތުން ނޯޓިސް ފޮނުވަމުން ގެންދެވޭނެވާހަކަ ދަންނަވަމެވެ. އަދި ނޯޓިސްއަށް އިޖާބަ ނުދެއްވާ ފަރާތްތަކާއިއެކު ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ފިޔަވަޅު އެޅެމުން ގެންދެވޭނެ ކަމުގައި ދަންނަވަމެވެ. މިފަދަ ކަންކަމުގައި އަބަދުވެސް ތިޔަ ލޮބުވެތި ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

                       ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖޫން 2026
ހޯދާ