ދިވެހިރާއްޖެ
ދިވެހިޤައުމިއްޔަތު އިސްވަރުގެ ފަރާތުން އަހަރަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާޤައުމީ އެންތޮލޮޖީގައި މަޒުމޫނު ހިމަނަން ބޭނުންވާ ފަރާތްތަކަށް މަޒުމޫނު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
މަޒުމޫނު ހުށަހެޅޭނެ ދާއިރާ ތަކަކީ:
ހ. ދިވެހިބަހާއި އަދަބިއްޔާތާ ބެހޭގޮތުން ލިޔެފައިވާ މަޒުމޫނު
ށ. ދިވެހި ތާރީޚާއި ސަގާފަތާ ބެހޭ ގޮތުން ލިޔެފައިވާ މަޒުމޫނު
ނ. ދިވެހިރާއްޖޭގެ ތަރިކައާ ބެހޭގޮތުން ލިޔެފައިވާ މަޒުމޫނު
ރ. ދިވެހި ފަންނުގެ ދާއިރާއިން ލިޔެފައިވާ މަޒުމޫނު
ބ. ފަންނިއްޔާތުގެ ރޮނގުން ދިވެހިރާއްޖެ ހޯދައިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ލިޔެފައިވާ މަޒުމޫނު
ޅ. އިޖުތިމާޢީ ކަންކަމާ ބެހޭގޮތުން ލިޔެފައިވާ މަޒުމޫނު
ކ. ޞިއްޙަތާ ބެހޭގޮތުން ލިޔެފައިވާ މަޒުމޫނު
ވީމާ، މި މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 11:45ގެ ކުރިން އީމޭލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމޭލް: [email protected]
އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] ނުވަތަ 7246893 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
