ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެފް.އޭ.އެމް އެޓޯލް ފުޓްސަލް މުބާރާތުގައި ގއ. ކޮނޑޭ ތަމްސީލުކުރާނެ ކުލަބެއް ހޯދުން

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެފް.އޭ.އެމް އެޓޯލް ފުޓްސަލް މުބާރާތުގައި ގއ. ކޮނޑޭ ތަމްސީލުކުރާނެ ކުލަބެއް ކަނޑައެޅުމަށްޓަކައި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ކޮނޑޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުލަބު ޖަމްޢިއްޔާތަކަށް ދިނުމަށް ނިންމައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެފް.އޭ.އެމް އެޓޯލް ފުޓްސަލް މުބާރާތުގައި ގއ. ކޮނޑޭ ތަމްސީލުކުރުމަށް ޝައުޤުވެރިވެލައްވާ ކުލަބު ޖަމްޢިއްޔާތަކުން 12 ޖޫން 2026 ވަނަ ދުވަހުގެ 22:00 ގެ ކުރިން ކައުންސިލް އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މިކަމާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުން 7230019 އަށް ގުޅުއްވުން އެދެމެވެ.

09 ޖޫން 2026
ހޯދާ