މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވަގުތީ) މަޤާމަށް މީހަކު ހޯދުމަށް

     ނަމްބަރ: (IUL)295-B/2026/38

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

މަޤާމް:

ކައުންސިލް އެސިސްޓެންޓް (ވަގުތީ)

ބޭނުންވާ އަދަދު:       

01 (އެކެއް)

މުއްދަތު:

03 މަސް

މުސާރައާއި ޢިނާޔަތް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 270.00 (ދުއިސައްތަ ހަތްދިހަ ރުފިޔާ)

މަސައްކަތްކުރަންޖެހޭ ވަގުތު:

މަސައްކަތަށް ނިކުންނަންޖެހޭނީ ދުވާލަކު 08 ގަޑިއިރު

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ނ. ހޮޅުދޫ ކައުންސިލްގެ އިދާރާ،  މުނިސިޕަލް ސާރވިސް އެންޑް އިންފްރާސްޓްރަކްޗަރ ޔުނިޓް

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު

ލިޔަންކިޔަން އެނގުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޤާބިލް މީހެއް ކަމުގައިވުން

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން
  2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  1. ކުނިނައްތާލުމަށް ކުނިކޮށީގައި ބެހެއްޓިފައިވާ މެޝިންތައް ބޭނުންކޮށްގެން ކުނިނައްތާލުމުގެ މަސަކަތްކުރިޔަށް ގެންދިޔުން
  2. ކުނިއުކާލުމުގެ މަސައްކަތްކުރުން
  3. ލޭންޑްޔޫސް ޕްލޭންގެ ދަށުން ހޮޅުމީދޫ ތަރައްޤީ ކުރުމަށްޓަކައި ކުރެވޭ އެކިއެކި މަސައްކަތްކުރުން ( ގަސްކެނޑުން، ސާފުކުރުން )
  • މިނޫންވެސް ކައުންސިލުން އަންގާ މަސައްކަތްކުރުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް: 

  1. - ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. - މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖޫން 2026 ވަނަ ދުވަހުގެ 09:00 ގެކުރިން، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ލިޔުންތައް

އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 07 ދުވަހުގެ ތެރޭގައި މިއިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ)
  2. އައިޑީކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މިއިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6560009    ނަންބަރު ފޯނަށެވެ.

އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

 

08 ޖޫން 2026

08 ޖޫން 2026
ހޯދާ